ރާއްޖެސަރުކާރު

ހުކުރު ނަމާދު އިމާމްވެ ކުރެއްވީ ޝާހިދު

29/04/2022

ޒައިން ރަޝީދު


ޝެއަރ

އދގެ މައި މަރުކަޒުގެ ނަމާދު ކުރާ ކޮޓަރީގައި ކުރި ހުކުރު ނަމާދު އިމާމްވެ ކުރެއްވީ ޢަބްދުالله ޝާހިދުއެވެ.

ޝާހިދު އިނގިރޭސި ބަހުން ދެއްވި ހުކުރު ހުތުބާގައި ރަމަޟާން މަހުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ. އެގޮތުން ޒަކާތް ދިނުމާއި މީހުންނަށް ހެޔޮކޮށްހިތުމާއި އެކުވެރިކަމާއި ގުޅުންތައް ވަރުގަދަ ކުރުމަށް ގޮވާލެއްވިއެވެ.

އދގެ މައި މަރުކަޒުގައި މަސައްކަތް ކުރާ މުސްލިމުން ކޮންމެ ހުކުރު ދުވަހެއްގައިވެސް ހުކުރު ނަމާދު ކުރެއެވެ. އަދި އެހެން ދީންތަކުގެ މީހުން އަޅުކަން ކުރުމުގެ އިންތިޒާމްވެސް އދގެ މަރުކަޒުގައި ގާއިމްކޮށްފައިވެއެވެ.

ހިޔާލު


ގުޅުންހުރި