ރާއްޖެސަރުކާރު

އަނެއްކާވެސް ރިސޯޓުތަކުން ކަނޑަށް ކުނި އެޅޭނެ ގޮތް ހަދާ އެކަން ރިސޯޓުތަކަށް އަންގައިފި

04/05/2022

ޒައިން ރަޝީދު


ޝެއަރ

އަނެއްކާވެސް ރިސޯޓުތަކުން ކަނޑަށް ކުނި އެޅޭނެ ގޮތް ހަދާ އެކަން ރިސޯޓުތަކަށް އަންގައިފިއެވެ.

ވަކި ހާލަތެއްގައި ކަނޑަށް ކުނި އެޅޭ ގޮތަށް އޮންނަ އޮތުން އުވާލީ މިދިޔަ ނޮވެމްބަރުގައެވެ. ނަމަވެސް ގަވާއިދަށް ގެނައި އިސްލާހަށް އަމަލުކުރުން ޑިސެންބަރުގެ ނިޔަލަށް މިހާރު ވަނީ ފަސްކޮށްފައެވެ.

މީގެ ސަބަބުން އަނެއްކާވެސް ރިސޯޓުތަކުން ވަކިބާވަތް ތަކުގެ ކުނި ކަނޑަށް އެޅުމަށް ފުރުސަތު ލިބުނީއެވެ. އަދި ދާދި ފަހުން ވ އަތޮޅުގެ ރިސޯޓަކުން ކުނިއެޅި މައްސަލައިގައި ފިޔަވަޅު އެޅުމުގެ ފުރުސަތު ކުޑަވީއެވެ.

މިގޮތަށް ނިންމީ ފަތުވެރިކަމުގެ ސިނާއަތުގެ މީހުންނާ މަޝްވަރާ ކުރުމަށްފަހު ކަމަށް ޓޫރިޒަމުން ބުންޏެވެ.

ހިޔާލު


ގުޅުންހުރި