ރާއްޖެޖުޑީޝިއަރީ

އެއް އާއިލާއެއްގެ 6 ކުދިންނަށް ޖިންސީ ގޯނާކުރި މީހާ ދޫކޮށްލުމުން ފާޑުކިޔަނީ

10/05/2022

ޒައިން ރަޝީދު


ޝެއަރ

އެއް އާއިލާއެއްގެ 6 ކުދިންނަށް ޖިންސީ ގޯނާކުރި މީހާ ކޯޓުން ދޫކޮށްލައިފިއެވެ. އޭނާ ދޫކޮށްލުމުން އާންމުން ދަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އަދި އަނިޔާ ލިބުނު ކުދިންގެ މަންމަ މީޑިއާގައި ބުނީ އެއީ "ރަންނަމާރިޔަކަށް ވުރެ ނުބައި މީހެއް" ކަމަށެވެ. ދޫކޮށްލީ ނުފޫޒުން ކަމަށާއި ކުދިންގެ ބަރަހަނާ ފޮޓޯ ހުރި ޕެންޑްރައިވެއް ކޯޓަށް ހުށަހަޅާފައިވާ ކަމަށް އާއިލާއިން ބުންޏެވެ.

ހައްޔަރުކުރި މީހަކީ އެމްޑީޕީގެ އެކްޓިވިސްޓެއް އަދި ކުންފުންޏެއްގެ އިސްވެރިއެކެވެ. އޭނާ 7 އަހަރު ވަންދެން އެކުދިންނާބެހި އެ ކުދިންގެ ފޮޓޯ ނަގާ ބްލެކްމެއިލް ކުރިކަމަށް އާއިލާއިން ބުންޏެވެ.

ހިޔާލު


ގުޅުންހުރި