ރާއްޖެސަރުކާރު

ތަފާތު ތުހުމަތުތަކާއެކު ވަޒީފާއިން ވަކިވި 3 ބޭފުޅަކު އަލުން ވަޒީފާތަކަށް

13/05/2022

ޒައިން ރަޝީދު


ޝެއަރ

ތަފާތު ތުހުމަތުތަކާއެކު ވަޒީފާއިން ވަކިވި 3 ބޭފުޅަކު އަލުން ވަޒީފާތަކަށް ހަމަޖައްސައިފިއެވެ.

ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރަށް ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލްކަން ވަނީ ދެއްވާފައެވެ. ފަނޑިޔާރުކަމުން އިސްތިއުފާ ދިނީ އޭނާ އަގުކުޑަކޮށް ފްލެޓްގަތް މައްސަލައެއް ޖޭއެސްސީން ބަލަމުން ދަނިކޮށެެވެ.

އީސީގެ ކުރީގެ ނައިބު ރައީސް އަހުމަދު އަކްރަމް ހަމަޖެއްސީ ސްޓެލްކޯގެ ޖެނެރަލް މެނޭޖަރުކަމަށެވެ. އޭނާގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުކޮށް މަޖިލީހަށް ހުށަހަޅާ, ވަޒީފާއިން ވަކިކުރަން ނިންމިއެވެ. ބީއެމްއެލްގެ ކުރީގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފް ވީއައިއޭގެ ސީސީއޯގެ މަގާމަށެވެ. އެމްއެމްޕީއާރސީގެ މައްސަލައިގައި ދޮގު މައުލޫމާތު ދިންކަމަށް ބުނެ މަގާމުން ވަކިކުރަން މަޖިލީހުން ނިންމިއެވެ.

ތިން މުއައްސަސާއިންވެސް ބުނީ މި ބޭފުޅުން ވަޒީފާއަށް ހަމަޖެއްސީ އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ.

ހިޔާލު


ގުޅުންހުރި