ސިނަމާ އާއި ލައިފްސްޓައިލްލައިފްސްޓައިލް

އަނެއްކާވެސް ކޮޕީ ލަވައެއް: "ފުން ޒަހަމް" ފިލްމަށް ހުސެއިން ޝިހާބު ކިޔާފައިވާ ލަވައެއް

24/05/2022

ޒައިން ރަޝީދު


ޝެއަރ

މި ލަވައަކީ 1980 ގައި އުފެއްދި "ފުން ޒަހަމް" ފިލްމަށް ހުސެއިން ޝިހާބު ކިޔާފައިވާ ލަވައެކެވެ.

މި ލަވައިގެ މިއުޒިކް މިއީ އަމިއްލަ ރާގެއް ކަމަށް ބުނެ ހެދީ ޓްވެންޓީ ސެންޗަރީ ބީސީ ބޭންޑުންނެވެ. މި ބޭންޑުގައި އޭރު ތިބީ އިނާދުއާއި އަބްސީއާއި މާނު ގެ އިތުރުން މެޒޯ މޯޑުއާއި ޒާހިދުއާއި މަދީ އަދި އޮގަރޭއެވެ.

ލަވައިގެ އަސްލަކީ މެލޭޝިޔާގެ ޑީޖޭ ޑޭވް 1974 ގައި ކިޔާފައިވާ ކޫ ތަކް އިންގިން މެނަންގިސް ލަގި ލަވައެވެ. މި ލަވަ ސަމީއުގެ އިތުރުން ރާއްޖޭގެ އެހެން ބައެއް ލަވަ ކިޔުންތެރިންވެސް ވަނީ ކިޔާފައެވެ. އަމިއްލަ ރާގެއް ކަމަށް ބުނެ ލަވަ އުފެއްދި ޓީމް ފަޚުރުވެރިވާ ކަމަށް ބުނެ މީޑިއާއަށް އިންޓަވިއުވެސް ދިނެއެވެ.

ހިޔާލު


ahmed15:41 2022/07/23

raajje bayaku evves kamakun thedheh nahadhane komme kamehves onnaaneee olhuvaalaifa

ގުޅުންހުރި