ވިޔަފާރި

ރާއްޖޭގެ ދަރަނީގެ ޖުމުލަ އަދަދު 98.9 ބިލިއަން ރުފިޔާއަށް އަރައިފި

04/06/2022

ޒައިން ރަޝީދު


ޝެއަރ

ރާއްޖޭގެ ދަރަނީގެ ޖުމުލަ އަދަދު 98.9 ބިލިއަން ރުފިޔާއަށް އަރައިފިއެވެ. އެއީ ރާއްޖެއިން ބޭރުން ނެގި 46 ބިލިއަން ރުފިޔާއާއި އެތެރޭގެ ފަރާތްތަކުން ނެގި 52.9 ބިލިއަން ރުފިޔާ އެވެ.

މުޅި ޖުމުލަ ދަރަނި މިވަނީ ގައުމީ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ ނިސްބަތުން 133 ޕަސެންޓަށް އަރާފައެވެ. މިހާތަނަށް ވަނީ ރައީސް ޔާމީން ސަރުކާރުން ނެގި ދަރަނީގެ އަދަދަށް ވުރެ %55 އިތުރަށް ދަރަނި ނަގާފައެވެ. މި ސަރުކާރުން 32 ލޯނަކަށް 32 ބިލިއަން ރުފިޔާ ކުރީ ސަރުކާރުން ނެގީ 18 ލޯނަކަށް 20 ބިލިއަން ރުފިޔާއެވެ. ދަރަނީގެ ބޮޑު ބައެއް ނަގާފައިވަނީ އިންޑިއާއިން, އެއީ ޖުމުލަ އަދަދުގެ 19 ޕަސެންޓް އެވެ.

ހިޔާލު


ގުޅުންހުރި