ރާއްޖެރައްޔިތުންގެ މަޖިލިސް

ނަމާދު ކުރުމަކީ ހަރުކަށި ކަމެއް ނޫން، ސްކޫލް ތަކުގައި ދަރިވަރުން ނަމާދުކުރުމަށް ބާރުއަޅާނެ

13/06/2022

ޒައިން ރަޝީދު


ޝެއަރ

ނަމާދު ކުރުމަކީ ހަރުކަށި ކަމެއް ނޫން ކަމަށާއި ސްކޫލް ތަކުގައި ދަރިވަރުން ނަމާދުކުރުމަށް ބާރުއަޅާނެ ކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު ޢަލީ ވިދާޅުވެއްޖެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވަލަކަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރ ވިދާޅުވީ ނަމާދުކުރާނެ ތަންތަން ސްކޫލްތަކުގައި ގާއިމްކޮށް ދަރިވަރުންނަށް ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ކަރިކިއުލަމްގައި މުހިއްމު އެއްކަމަކީ ދަރިވަރުން އިސްލާމްދީނަށް އުޅުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ހިޔާލު


ގުޅުންހުރި