ރާއްޖެސަރުކާރު

ޕީޖީ ޝަމީމް މަޤާމުން ވަކިކުރަން އެމްޑީޕީ ޕީޖީ ގްރޫޕުން ނިންމައިފި

13/06/2022

ޒައިން ރަޝީދު


ޝެއަރ

ޕީޖީ ހުސައިން ޝަމީމްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ހުށަހަޅަން އެމްޑީޕީ ޕީޖީ ގްރޫޕުން ނިންމައިފިއެވެ.

މިއަދު ބޭއްވި ޕީޖީ ގްރޫޕް ބައްދަލުވުމުގައި އޭނާ މަގާމުން ވަކިކުރުމަށް 17 މެންބަރުން ވޯޓު ދިނެވެ. ބައެއް މެންބަރުން ވިދާޅުވީ ޕީޖީ މަގާމުން ވަކިކުރަނީ ސަރުކާރުން ބޭނުންވެގެން ކަމަށެވެ. އަދި ރައީސް ނަޝީދުގެ ފެކްޝަނުގެ މެންބަރުން ވަނީ ޝަމީމް ވަކިކުރަން ދެކޮޅުކަން ހާމަކޮށްފައެވެ.

ނަމަވެސް މިދިޔަ ހަފްތާގައި ރައީސް ސޯލިހް ވިދާޅުވީ ޕީޖީ ވަކިކުރަން އުޅޭކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ހިޔާލު


ގުޅުންހުރި