ރާއްޖެސަރުކާރު
އޮޑިޓް އޮފީހުގެ އައު އިމާރަތް އަޅަން ހުޅުމާލެއިން ބިމެއް ހަމަޖައްސައިފި
28/06/2022
ޒައިން ރަޝީދު
ޝެއަރ
އޮޑިޓް އޮފީހުގެ އައު އިމާރަތް އަޅަން ހުޅުމާލެއިން ބިމެއް ހަމަޖައްސައިފިއެވެ.
ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި އޮޑިޓް އޮފީހުންވަނީ އެޗްޑީސީއާއެކު ސޮއިކޮށްފައެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ ޑީއެމްޑީ އާތިފް އަދި އޮޑިޓް އޮފީހުން ޑިރެކްޓަރ ނަޝްވާ އެވެ.
ހުޅުމާލޭ ފުރަތަމަ ފިޔަވަހިން ހަމަޖެއްސި ބިމުގައި 6 ބުރީގެ އިމާރާތެއް އަޅަން ވަނީ ނިންމާފައެވެ. މި އިމާރާތާއެކު އޮޑިޓް އޮފީހަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
ހިޔާލު
ގުޅުންހުރި