ރާއްޖެސަރުކާރު

ގޮތަބަޔާ ރާއްޖެ ވަޑައިގަތުމުގެ ހުއްދަ ދިނީ އޮންނަ އުސޫލުގެ ތެރެއިން ދިވެހި ސަރުކާރުން

14/07/2022

ޒައިން ރަޝީދު


ޝެއަރ

ގޮތަބަޔާ ރާއްޖެ ވަޑައިގަތުމުގެ ހުއްދަ ދިނީ އޮންނަ އުސޫލުގެ ތެރެއިން ދިވެހި ސަރުކާރުންނެވެ. ފޮރިން މިނިސްޓްރީން ބުނީ ލަންކާގެ ރަސްމީ އެދުމަކަށް ގޮތަބަޔާއަށް ޓްރާންސިޓް ކުރުމުގެ ހުއްދަ ދިންކަމަށެވެ.

އޭނާއަށް ހުއްދަ ދިނީ ރައީސް ނަޝީދު ކަމަށް ބުނެ މީޑިއާގައި ވަނީ ވަރަށް ބޮޑަށް ދޮގު މައުލޫމާތު ފަތުރާފައެވެ. މަޖިލީހުގެ ރައީސް ހުއްދަ ދިންކަމަށް ބުނުމުން މަޖިލީހުން ވަނީ މަޖިލީހުގެ ދައުރެއް މިކަމުގައި ނެތްކަމަށް ވިދާޅުވެފައެވެ.

އުސޫލު ހަމަޖެހިފައި އޮންނަ ގޮތުން ޑިޕްލޮމެޓިކް ހުއްދަ ދެނީ ފޮރިން މިނިސްޓްރީންނެވެ. އަދި ބޭރު ގައުމެއްގެ އަސްކަރީ މަތިންދާ ބޯޓެއް ރާއްޖޭގައި ޖެއްސޭނީ ސިފައިންގެ ހުއްދަވެސް ލިބިގެންނެވެ. ގޮތަބަޔާ ރާއްޖެ ވަޑައިގަތީ ލަންކާގެ އަސްކަރިއްޔާގެ މަތިންދާ ބޯޓެއްގައެެވެ.

ހިޔާލު


ގުޅުންހުރި