ރާއްޖެރައްޔިތުންގެ މަޖިލިސް

ޑޮލަރުގެ އަގު 17ރ. އަށް ބަދަލުކުރަން ނުބުނަން: ރައީސް ނަޝީދު

19/09/2022

ޒައިން ރަޝީދު

ރައީސް މުޙައްމަދު ނަޝީދު އައްޑޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން - ފޮޓޯ: އެމްޑީޕީ


ޝެއަރ

ޑޮލަރުގެ އަގު 17 ރުފިޔާއަށް ބޮޑުކުރަން ވިދާޅުނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް, އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ, މިދިޔަ ހަފްތާގައި އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި މަރަދޫ ރައްޔިތުންނާ ވާހަކަ ދައްކަަވަމުން ޑޮލަރުގެ އަގު 17 ރުފިޔާއަށް ބޮޑުކުރަން ޖެހޭކަމަށް ވިދާޅުވިކަމަށް އޭރު މީޑިއާގައި ރިޕޯޓުކޮށްފައިވާތީ އެކަން ސާފުކޮށްދީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

"އެހެން ހެދުމުން ޑޮލަރުގެ ހަމަ އަގަށް ބަދަލުވެ ބްލެކް މާކެޓް ނެތޭނެ ކަމަށް. އެހަމަ އަގަކީ 17 އަށް ވުމަކީ ވެސް އެކަށީގެންވާ ކަމެއް" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ވިދާޅުވީީ ޑޮލަރުގެ އަގު 17 ރުފިޔާއަށް ނަގާކަށް ނޫންކަމަށާއި ވިދާޅުވީ އެކްޗޭންޖް ރޭޓް ފްލޯޓް ކުރުން މުހިއްމު ކަމަށެވެ.

އަދި އެގޮތަށް ފްލޯޓް ކުރުމުން ޑޮލަރު ހަމައަގަށް ބަދަލުވެ, ޑޮލަރުގެ ކަޅު ބާޒާރު ނެތޭނެކަމަށެވެ. އަދި އެ ހަމަަގަކީ 17 ރުފިޔާ އަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ހިޔާލު


ގުޅުންހުރި