ސިނަމާ އާއި ލައިފްސްޓައިލްލައިފްސްޓައިލް
އަލީ ރަމީޒުގެ ލަވައެއް ހުއްދަނެތި ބޭނުންކުރާތީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު
19/09/2022
ޒައިން ރަޝީދު
ޝެއަރ
ކުރީގެ ލަވަ ކިޔުންތެރިޔާ އަލީ ރަމީޒް ކިޔާފައިވާ ލަވައެއް އޭނާގެ ހުއްދަނެތި ޑާކް ރެއިން އެންޓަޓައިންމަންޓް ސްޓޫޑިއޯއިން ބޭނުން ކުރާތީ ގާނޫނީ ފިޔަވަޅު އަޅަންޖެހިގދާނެ ކަމުގެ އިންޒާރު އަލީ ރަމީޒް ދީފިއެވެ.
އަލީ ރަމީޒު ބުނީ ރާއްޖޭގެ ފިލްމު ހަދަން އުޅޭ ކުންފުންޏަކުން އޭނާގެ އުފެއްދުމެއް (ލަވައެއް) އޭނާ ކައިރީ އަހާލުމެއްވެސް ނެތި އެލަވަ އެހެން މީހަކު ލައްވާ ކިޔުއްވާ, އޭގެ ރީ މިކްސް ހަދައި އޭގެ ވީޑިއޯ ހަދައި އަދި ނުވިތާކަށް އެލަވަ އެމީހުންގެ ފިލްމަކަށް ލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިފަދަ އޭނާގެ ޕްރޮޑަކްޝަންތައް ބޭނުން ކުރާ ފަރާތްތަކާމެދު ޝަރުއީ އަދި ގާނޫނީ ފިޔަވަޅު އަޅަން ފަސްނުޖެހޭނެ ކަމަށެވެ.
ޑާކް ރެއިން އެންޓަޓައިންމެންޓުން ވަނީ މަރިޔަމް އަޝްފާ ލައްވާ އަލީ ރަމީޒް ކިޔާފައިވާ "ލޮލަކަށް ނިންޖެއް ނާދޭ" ލަވަ ކިޔުއްވުމަށް ފަހު ވީޑިއޯ ލަވައެއް ނެރެފައެވެ. ފަހުގެ ލަވައަށް އެކްޓް ކޮށްފައިވަނީ އައިމިނަތު ރަޝްފާ(އާޝާ) އާއި ޝަރަފުއްދީން އަބްދުﷲއެވެ.
އަލީ ރަމީޒްގެ އިންޒާރާއެކު ޑާކް ރެއިން އެންޓަޓައިންމެންޓުން ވަނީ މާފަށް އެދި އެލަވަ އެމީހުން އެއްވެސް ޕްރޮޑަކްޝަނެއްގައި ބޭނުން ނުކުރާނެކަން ހާމަކޮށްފައެވެ.
ކުރީގެ ލަވަ ކިޔުންތެރިޔާ އަލީ ރަމީޒް ވަނީ މީގެ އަހަރުތަކެއް ކުރިން ލަވަ ކިޔުން ހުއްޓާލުމަށްފަހު, ސަލަފް ޖަމިއްޔާއާ ގުޅިގެން އެނާ ދަނީ ދީނީ މަޢުލޫމާތު ފެތުރުމުގެ މަސައްކަތް ކުރަމުންނެވެ.
ހިޔާލު
ގުޅުންހުރި