ރާއްޖެރައްޔިތުންގެ މަޖިލިސް

100 މިލިއަންގެ ހިޔާނާތާ ގުޅިގެން ޕީއެސްއެމްގެ ބޯޑު މަޖިލީހަށް ހާޒިރުކުރަނީ

20/09/2022

ޒައިން ރަޝީދު


ޝެއަރ

ޕީއެސްއެމްއަށް ތުހުމަތު ކުރާ 100 މިލިއަން ރުފިޔާގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން ޕީއެސްއެމްގެ ބޯޑު މެންބަރުންނާއި ކުރީގެ އިންޓާނަލް އޮޑިޓަރު ރައްޔިތުން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ) ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

ޕީއެސްއެމްގެ ހިޔާނާތުގެ މައްސަލަ މަޖިލީހުން ބަލަން ނިންމީ މިދިޔަ ޖޫން މަހުގައެވެ. އަދި އެ ފަހަރު ކޮމިޓީން ވަނީ އެކަމާ ގުޅޭ ގޮތުން ލިޔުންތައް ފޮނުވުމަށް ޕީއެސްއެމްއަށް އަންގާފައެވެ.

މިއަދު ބޭއްވި ކޮމިޓީން ވަނީ ޕީއެސްއެމްގެ ސިޓީ އިއްވާ ޕީއެސްއެމުން ހުށަހަޅާފައިވާ ލިޔުންތަކަށް ބެލުމަށްފަހު ކުންފުނީގެ ބޯޑު މެންބަރުން ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމާފައެވެ. އަދި ޕީއެސްއެމްއިން ވަކިކޮށްފައިވާ އެތަނުގެ ކުރީގެ އިންޓާނަލް އޮޑިޓަރ އަހުމަދު ފަޒީލްވެސް ކޮމިޓީއަށް ހާޒިރުކުރުމަށް ކޮމިޓީން ނިންމިއެވެ.

ޕީއެސްއެމްގެ ހިޔާނާތުގެ މައްސަލަ ފެންމަތިވީ އިންޓާނަލް އޮޑިޓަރ ފަޒީލް މަގާމުން ވަކިކޮށް, އެ މަސައްކަތް އައުޓްސޯސް ކުރުމަށް ޕީއެސްއެމްއިން މަސައްކަތް ފެށި ހިސާބުންނެވެ. އޭނާ މަގާމުން ވަކިކުރީ މަސައްކަތް ނުކުރެވޭ ކަމަށް ބުނެ އޯޑިޓް ޔުނިޓު އުވާލުމަށްފަހުގައެވެ.

ނަމަވެސް އިންޓާނަލް އޮޑިޓަރ އަހުމަދު ފަޒީލް މީގެ ކުރިން މީޑިއާގައި ވިދާޅުވީ އިންޓާނަލް އޯޑިޓް ޔުނިޓް އުވާލީ 100 މިލިއަންގެ ހިޔާނާތް ފޮރުވަން ކަމަށެވެ. އަދި އެނާ ތައްޔާރުކޮށް ބޯޑާއި މެނޭޖްމަންޓުގެ ސަމާލުކަމަށް ގެނައި އެއްވެސް ކަމެއްގައި ފިޔަވަޅު އަޅާފައިނުވާކަން ފާހަގަކޮށްފައިވެއެވެ.

އޯޑިޓް ޔުނިޓުން ތައްޔާރު ކުރި އޯޑިޓް ރިޕޯޓްތަކުގައި ވަނީ އެތަނުގެ ގިނަ ވެރިން ހިންގި ކަމަށް ތުހުމަތުކުރާ ބޮޑެތި ހިޔާނާތުގެ މައުލޫމާތު ހިމަނާ އެމީހުންނާ މެދު ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. ނަމަވެސް މެނޭޖްމަންޓުން ވެރިންނަށް ފިޔަވަޅު އެޅުމަށް ވަނީ ދެކޮޅު ހަދާފައެވެ.

ހިޔާލު


ކުމާރު16:39 2022/09/20

އައްޗިޑި، ތިކަހަލަ ކިތަންމެ ގަޑިއެއް ތިޔަމަޖިލީހުން ހާވާފި. ވީއެއްކަމެއް ހަރާމުން ހަރާމް. ނޭވާހޮޅިން ކުރި ވައްކަން ،ރޯޔަލް ރޭޕް، ރައްޓެހިކުދިން ކޮޅަށް ބަހާލި އެތައް ސަތޭކަ މިލިއަން ރުފިޔާ ކަހަލަ ކިތަންމެ ކަމެއް ބަލަނީ އޭ ކިޔާ އިތުރު ގަޑިނަގާ ރައްޔިތުންގެ ފައިސާ މިލިއަނުން ޚަރަދު ކޮށްފި. އަދިކޮބާ، އެމްއެމްޕީއާރުސީ ލާރިގަނޑު. އެހޯދާ ރައްޔިތުންގެ ބޮޑުފޮއްޓައް ލާދޭނަމޭ ކިޔާ ވަޢުދު ވެގެން އައިސް ތިމާމެން އެލާރިގަންޑު ކާލާ ރައްޔިތުންނަށް ދޯކާ ދިންކަން އެނގުމުން އެކަމަށް ވެސް ތިމަޖިލީހުން ގަސް އަޅާފޮރުވާގެން ތިތިބީ. ހުރޭ އަހަރެމެން ކާރިއަށް 2023 އާއި 2024 އައިމަ ކުޅި ދައްކާނަން.

ގުޅުންހުރި