ރާއްޖެ
ގާފަރު މަސް ދޯންޏެއް ފަރަށް އަރާ ބިންދައިގެން ހިނގައްޖެ
21/09/2022
ޒައިން ރަޝީދު
ޝެއަރ
ކ. ގާފަރުގެ މަސް ދޯންޏެއް ކަމަށްވާ "ހުދަންބަރު-12" ފަރަށް އަރާ ދޯނި ބިންދައިގެން ހިނގައްޖެއެވެ.
ދޯނި ފަރަށް އެރީ ފ. ހިމިތި ކަނޑުގެ ދެކުނުފަރާތު ފުއްޓަރު ފަރާތު ފަރަށެވެ.
ފ. ފީއަލީ ކައުންސިލުން މައުލޫމަތު ދިން ގޮތުގައި ދޯނި ފަރަށް އަރާ ލިބުނު ގެއްލުމާއެކު ދޯނި ބިންދައިގެން ގޮސް ވަނީ ދެ ބުރި ވެފައެވެ. މި ހާދިސާގައި ދެ މީހަކަށް ވަނީ އަނިޔާވެފައެވެ.
ހާދިސާއާ ގުޅޭ ގޮތުން އެމްއެންޑީއެފް އިން ވިދާޅުވީ މަސްވެރިކަން ކުރަމުންދިޔަ ކ.ގާފަރު "ހުދަންބަރު-12" ނަމަކަށް ކިޔާ ދޯންޏެއް ފ. ހިމިތި ކަނޑުގެ ދެކުނުފަރާތު ކަންމަތީ ފަރަކަށް އަރައިގެން އުޅޭކަމުގެ މައުލޫމާތު އެމްއެންޑީއެފް ސެންޓަރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑަށް ލިބުމުން, ސެންޓްރަލް އޭރިއާ ކޮމާންޑްގެ ތާޑް ސްކޮޑްރަންގެ ސިފައިން އެ ސަރަހައްދުގައި މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ހާދިސާ ހިނގިއިރު ދޯނީގައި 12 ދިވެހީން ތިބި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
ހިޔާލު
ގުޅުންހުރި