ރާއްޖެސަރުކާރު

ކުއްލި ދަތުރުތަކަށް ފެރީ ބޭނުން ކުރަން ދެކޮޅު, އެކަމާ ނުރުހެން: އަސްލަމް

21/09/2022

ޒައިން ރަޝީދު


ޝެއަރ

ސަރުކާރުން ކުރިއަށް ގެންދާ އަތޮޅު ފެރީތައް އެމާރޖެންސީ ދަތުރުތަކަށް ބޭނުން ކުރުމާ ދެކޮޅު ކަމަށް މިނިސްޓަރ އޮފް ޕްލޭނިންގ އެންޑް ނޭޝަނަލް ޑިވެލޮޕްމަންޓް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ފެރީތަކަކީ ޕަބްލިކް ބަސްތަކެއް ކަހަލަ އެއްޗެއް ކަމަށާއި އެ ހިދުމަތުގެ އެންމެ މުހިއްމު އެއްކަމަކީ ގަޑިއަށް ފެރީގެ ހިދުމަތް ލިބުން ކަމަށެވެ. އަދި ކުއްލި ދަތުރުތަކަށް ފެރީތައް ބޭނުން ކުރަން ފަށައިފިނަމަ ފެރީގެ ޝެޑިއުލް ދަތުރުތަކަށް ބުރުއަރާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ހިޔާލު


ގުޅުންހުރި