ރާއްޖެރައްޔިތުންގެ މަޖިލިސް

ލަންކާއަށް އެހީ ހޯދުމުގެ މަޝްވަރާއަށް ރައީސް ނަޝީދު ކޮލަންބޯއަށް

26/09/2022

ޒައިން ރަޝީދު


ޝެއަރ

ސްރީލަންކާގެ އިޤްތިޞާދީ ޙާލަތާ ގުޅޭގޮތުން ބޭރުގެ ފަރާތްތަކާ މަޝްވަރާކުރައްވައި ސްރީލަންކާއަށް ބޭރުގެ އެހީ ހޯދުމަށް ލަންކާގައި ބާއްވާ ބައްދަލުވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިރޭ ކޮލަންބޯއަށް ފުރާވަޑައިގެންފިއެެވެ.

ރައީސް ނަޝީދުގެ ދަތުރުފުޅާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރި ޓުވީޓެއްގައި ވިދާޅުވީ, ނަޝީދުގެ މިދަތުރުފުޅަކީ ލަންކާއަށް އެހީ ހޯދުމަށް އެ މަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން، ސްރީލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) އަދި ސްރީލަންކާ މިޝަންގެ ބައްދަލުވުމުގައި ބައިވެރިވުމަށް ކުރައްވާ ދަތުރުފުޅެއްކަމަށެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން ޤައުމުތައް އަހުލުވެރިކުރުމާއި ތިމާވެއްޓާ ރައްޓެހި ސިޔާސަތުތަކެއް ތަންފީޒުކުރުމަށް ސިވީއެފްއިން ކުރާ މައިގަނޑު މަސައްކަތްތަކުގެ ތެރެއިން ސީވީއެފްއިން ހިންގާ އެއް މަސައްކަތަކީ، މޫސުމީ ނުރައްކާ ބޮޑު ޤައުމުތަކަށް ކްލައިމެޓް ޕްރޮސްޕެރިޓީ ޕްލޭން ހަދައިދިނުމަށް އެހީތެރިވުމާއި، ޤައުމުތަކުން ހިންގާ ތަރައްޤީގެ މަޝްރޫޢުތަކަކީ މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުވައި، އަދި ޖައްވު ހޫނުވުމަށް މަދުފަހިކުރުވާ ގޭސްތައް މަދުކޮށްދޭ މަޝްރޫޢުތަކެއްކަން ހެދުމަށްޓަކައި، އެފަދަ މަޝްރޫޢުތަކަށް ބޭނުންވާ އިންވެސްޓްމަންޓާއި ފަންޑިންގ ހޯދުމެވެ.

ރާއީސް ނަޝީދުގެ ސީވީއެފްގެ ތީމެޓިކް އެމްބެސެޑަރެވެ. އަދި ލަންކާގައި ބާއްވާ ސީވީއެފްގެ ވަފުދުގެ ބައްދަލުވުމުގައި މަސައްކަތް ކުރާނީ ސްރީލަންކާގެ އިޤްތިޞާދީ ޙާލަތާ ގުޅޭގޮތުންނާއި ބޭރުގެ އެހީ ލަންކާއަށް ލިބޭނެ ގޮތްތަކާ ގުޅޭގޮތުންނެވެ.

ހިޔާލު


ގުޅުންހުރި