ރާއްޖެސަރުކާރު

ފެނަކަ އެމްޑީ ސަޢީދަށް ފުރިހަމައަށް އިތުބާރު ކުރަން: ރައީސް ސޯލިހް

27/09/2022

ޒައިން ރަޝީދު


ޝެއަރ

ފެނަކަައިގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދަށް ފުރިހަމައަށް އިތުބާރު ކުރައްވާކަން ހާމަކުރައްވާ, ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް ފެނަކައަށް ވަރަށް ބޮޑަށް ތަޢުރީފު ކުރައްވާ ވާހަކަފުޅު ދައްކަވައިފިއެވެ.

ހއ. އުތީމުގައި ފެނަކައިން އިމާރާތް ކުރި އާ އިންޖުނުގެއާއި އޮފީސް އިމާރަތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހް ވިދާޅުވީ ރައްޔިތުން ފެނަކަައަށް އިތުބާރު ކުރާކަމަށާއި ސަރުކާރާއި އެމަނިކުފާނުގެ ފުރިހަމަ އިތުބާރު ފެނަކައަށް އެބައޮތް ކަމަށެވެ.

"ރައްޔިތުންގެ ފުރިހަމަ އިތުބާރު ފެނަކައިގެ އެމްޑީއަށާއި ޗެއާމަން އަދި މުވައްޒަފުންނަށް އެބައޮތް. އަދި ސަރުކާރާއި އަޅުގަނޑުގެ ވެސް ފުރިހަމަ އިތުބާރާއި ޔަގީންކަން ފެނަކައާ ދޭތެރޭގައި، އަދި އެމްޑީ ސައީދަށާއި އަޅުގަނޑުމެންގެ ވަރަށް ގާތް ރައްޓެއްސެއް...މާޑު.. ޝައްކެއް ނެތް އެބޭފުޅުންނާ ދޭތެރޭގައި - އެބައޮތް-" ރައީސް ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވެ ފެނަކައަށް ތައުރީފު ކުރެއްވިއިރު ފެނަކައިގެ އެމްޑީ އަހުމަދު ސައީދާއި ޗެއަރމަން މުހައްމަދު ރަޝީދުގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުކޮށް އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ވަހީދު (އިބުރޭ) ވަނީ މި މަހު އިސްތިއުފާ ދެއްވާފައެވެ.

އޭނާގެ އިސްތިއުފާގެ ސިޓީގައި ސައީދާއި މުހައްމަދު ރަޝީދަށް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި ކުންފުނިން ވިޔަފާރި ބިލްތަކަށް ފައިސާ ހަމައެކަނި ސައީދާ ގުޅުން އޮންނަ ވިޔަފާރިތަކަށް ދައްކާ ކަމަށް ތުހުމަތު ކޮށްފައިވެއެވެ. އަދި ކުންފުނީގެ މަގްސަދުތަކުގެ ތެރޭގައި ނުހިމެނޭ އެތައްކަމެއް ސައީދާއި ރަޝީދަށް ފައިދާވާގޮތަށް ކުރަމުން ދާތީ, އޭގެ ސަބަބުން ކުދި ވިޔަފާރިތަކަށް ގެއްލުން ވަނުން ދާކަމަށް ބުނެފައިވެއެވެ.

ހިޔާލު


ގުޅުންހުރި