ރާއްޖެރައްޔިތުންގެ މަޖިލިސް

ޓިއުޝަން ދެވޭނެ ގަޑީގެ އަދަދު ކަނޑައެޅުމަށް މަސައްކަތް ކުރަނީ

28/09/2022

ޒައިން ރަޝީދު


ޝެއަރ

މުދައްރިސުން ދަރިވަރުންނަށް ޓިއުޝަން ދިނުމުގައި އަމަލުކުރާނެ އުސޫލެއް ކަނޑައަޅާ, ޓިއުޝަން ދެވޭނެ ގަޑީގެ އަދަދު ކަނޑައެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ އޮފް ޑެޑިއުކޭޝަން ޑރ. އާއިޝަތު ޢަލީ ވިދާޅުވެއެވެ.

މިިނިސްޓަރ މިހެން ވިދާޅުވީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން މުދަރިސުންގެ ލައިސަންސްގެ މަސައްކަތާއެކު ޓިއުޝަން ދިނުމާ ގުޅޭ އުސޫލުތައް އެކުލަވާލަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިހާރު އޮންނަ ގޮތުން އަދި ލިމިޓެއް ނޯވޭ ޓިއުޝަން ދިނުމުގައި މަސައްކަތް ކުރަންޖެހޭ ގަޑިއެއް. އެކަމަކު އަޅުގަނޑުމެން މިހާރު ޓީޗަރ ލައިސަންސިންގ އާއެކު މި ކަހަލަ ގަވާއިދެއް ހަދަމުން އެބަދަން" މިނިސްޓަރ އައިޝާ ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ބައެއް މެންބަރުންވަނީ ބައެއް ބިދޭސީ ޓީޗަރުން ޓިއުޝަން ދީގެން ގާތްގަނޑަކަށް ލައްކައެއްހާ ރުފިޔާ ނަގަމުންދާ ކަމަށް ވިދާޅުވެ އެކަމުގެ ކޮންޓްރޯލެއް އެބައޮތްތޯ ސުވާލުކޮށްފައެވެ.

މިހާރު އޮންނަ ގޮތުން ލިމިޓެއް ނެތި މުދައްރިސް ބޭނުން ވަރަކަށް ޓިއުޝަން ދެވޭނެއެވެ.

ހިޔާލު


ގުޅުންހުރި