ރާއްޖެސަރުކާރު

ވީއައިޭގެ އައު ރަންވޭ އޮކްޓޯބަރު 6ގައި ބޭނުން ކުރަން ފަށަނީ

30/09/2022

ޒައިން ރަޝީދު


ޝެއަރ

2018 ވަނަ އަހަރު ޓެސްޓު ފްލައިޓް ޖެއްސި ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުގެ އައު ރަންވޭ އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހު ބޭނުން ކުރަން ފަށާނެ ކަމަށް އެމްއޭސީއެލް އިން ބުނެފިއެވެ.

ޓެސްޓު ފުލައިޓް ޖެއްސިތާ 4 އަހަރުފަހުން ރަންވޭ ބޭނުންކުރަން ފަށާއިރު, އާ ރަންވޭގައި އޮކްޓޯބަރު 6 ވަނަ ދުވަހު ފުރަތަމަ ޖައްސަން ހަމަޖެހިފައި ވަނީ އެމިރޭޓްސްގެ ބޮއެންގ 777 މަރުކާގެ ބޯޓެކެވެ.

އާ ރަންވޭއަކީ ކޯޑްއެފް ފެންވަރަށް ތައްޔާރުކޮށްފައިވާ, އަދި ދުނިޔޭގައި މިހާރު ބޭނުންކުރާ އެންމެ ބޮޑެތި ކޮމާޝަލް ފްލައިޓް އޭ 380 މަރުކާގެ ބޯޓު ޖެއްސޭ ފެންވަރުގެ ރަންވޭއެކެވެ. ރަންވޭގެ މަސައްކަތް އެއްކޮށް ނިންމާ ޓެސްޓް ފުލައިޓް ޖެއްސީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުގައެވެ. އެދުވަހު ރަންވޭއަށް ޖެއްސީ އެމިރޭޓްސްގެ އެއާބަސް އޭ 380 މަރުކާގެ ބޯޓެކެެވެ.

އެއީ ރާއްޖޭގެ ތާރީހުގައިވެސް އޭ 380ގެ ބޯޓެއް ރާއްޖޭގައި ޖެއްސި ފުރަތަމަ ފަހަރެވެ. ވީއައިއޭގެ ކޯޑްއެފް ރަންވޭ އަކީ އެއާޕޯޓް ތަރައްގީ ކުރުމަށް ރައީސް އަބްދުالله ޔާމީންގެ ސަރުކާރުން ފެއްޓެވި މަސައްކަތުގައި ހިމެނޭ މުހިއްމު އެއް މަޝްރޫއެވެ.

ހިޔާލު


ގުޅުންހުރި