ރާއްޖެ

ހިންނަވަރުގައި ކުޅެން ހުރި ޒުވާނަކު ކުއްލިއަކަށް ނިޔާވެއްޖެ

30/09/2022

ޒައިން ރަޝީދު


ޝެއަރ

ޅ. ހިންނަވަރުގައި ކުޅެން ހުރި ޒުވާނަކު ކުއްލިއަކަށް މިއަދު ހަވީރު ނިޔާވެއްޖެއެވެ.

ނިޔާވީ ޅ. ހިންނަވަރު ދަނގަޑުތަޅާގޭ މުބްތަދާ އަލީ އެވެ. އޭނާ ނިޔާވީ ކުޅެން ހުއްޓާ ކުއްލިއަކަށް ވެއްޓިގެން ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ މުބްތަދާ ވެއްޓުމުގެ ކުރިން މެޔަށް ތަދުވާ ވާހަކަ ބުނި ކަމަށާއި ވެއްޓުނު އިރު ވެސް އޭނާގެ ހޭ ނެތް ކަމަށެވެ. އޭނާ ފުރަތަމަ ގެންދިޔައީ ހިންނަވަރު ހެލްތް ސެންޓަރަށެވެ. ހެލްތް ސެންޓަރުން މާލެ ގެންދަން ލަފާދިން ނަމަވެސް ކަނޑުގަދަ ވުމުގެ ސަބަބުން ގެންދިޔައީ ނައިފަރު ހޮސްޕިޓަލަށެވެ.

ރޭ މާފުށީ ޖަލުގައި ޑިއުޓީކުރަން ހުރި ޕްރިޒަން އޮފިސަރަކުވެސް ވަނީ ކުއްލިގޮތަކަށް ނިޔާވެފައެވެ

މިފަހުން ރާއްޖޭގައި ކުއްލި މަރު ވަނީ އިންތިހާއަށް އިތުރު ވެފައެވެ. އަދި މަރުވާ މީހުންގެ ތެރޭގައި ގިނައީ ޒުވާން އުމުރުގެ މީހުންނެވެ. ނަމަވެސް މިހާތަނަށް އެއްވެސް ފަރާތަކުން މިކަމާ ގުޅޭ އެއްވެސް ކަހަލަ ސަރވޭއެއް ނުވަތަ ހޯދުންތަކެއް ހޯދާފައެއް ނުވެއެވެ.

ހިޔާލު


ގުޅުންހުރި