ރާއްޖެސަރުކާރު

ޑެފް ކޮމިއުނިޓީއަށް ބޭނުންވާ ކަންކަން އެޗްޑީސީން ފަހިކޮށް ދެނީ

30/09/2022

ޒައިން ރަޝީދު


ޝެއަރ

އަޑު އިވުމުން މަހުރޫމްވެފައިވާ ފަރާތްތަކުގެ ކަންބޮޑުވުން އަޑު އެހުމަށްފަހު, އެ ފަރާތްތަކަށް ބޭނުންވާ ކަންކަން ފަހިކޮށް ދިނުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން, އެޗްޑީސީން ނިންމައިފިއެވެ.

އަޑު އިވުމުން މަހުރޫމްވެފައިވާ މީހުން ހިމެނޭ ޖަމިއްޔާ, މޯލްޑިވްސް ޑެފް އެސޯސިއޭޝަންގެ މެންބަރުންނާ މިއަދު އެޗްޑީސީން ވަނީ ބައްދަލުކޮށްފައެވެ.

މިއަދު ބޭއްވި ބައްދަލުވުމުގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފުއާއި މެނެޖޭންމަންޓްގެ އިސްބޭފުޅުން ވަނީ މޯލްޑިވްްސް ޑެފް އެސޯސިއޭޝަންގެ މެންބަރުންނާ ބައްދަލުކޮށް އެ ފަރާތްތަކަށް ދިމާވާ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

ޑެފް އެސޯސިއޭޝަންއާއެކު އެޗްޑީސީން ބޭއްވި ބައްދަލުވުމުގެ ތެރެއިން


މި ބައްދަލުވުމުގައި ޑެފް އެސޯސިއޭޝަންގެ މެންބަރުން ވަނީ އެ ފަރާތްތަކަށް ދިމާވާ ދަތިތައް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރާ ހިއްސާކޮށްފައެވެ. އަދި އެޗްޑީސީން ވަނީ ޑެފް އެސޯސިއޭޝަނުން ފާހަގަ ކުރެއްވި ކަންކަން ރަނގަޅުކޮށް, އެ އެސޯސިއޭޝަންގެ މެންބަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ ފަހު ހަފްތާ ފާހަގަކުރަނީ އަޑު އިވުމުން މަހުރޫމްވެފައިވާ މީހުންގެ ހަފްތާގެ ގޮތުގައެވެ.

ހިޔާލު


ގުޅުންހުރި