ރާއްޖެސަރުކާރު

2018 ވަނަ އަހަރު ރަސްމީކޮށް ހުޅުވި ވީއައިއޭގެ އާ ރަންވޭ އަލުން ހުޅުވާ ބޭނުންކުރަން ފަށައިފި

06/10/2022

ޒައިން ރަޝީދު


ޝެއަރ

2018 ވަނަ އަހަރު ރަސްމީކޮށް ހުޅުވި ވީއައިއޭގެ އާ ރަންވޭ އަލުން ހުޅުވާ ބޭނުންކުރަން ފަށައިފިއެވެ.

ރަންވޭ އިފްތިތާހް ކުރިތާ 4 އަހަރުފަހުން ބޭނުންކުރަން ފަށާއިރު, އާ ރަންވޭގައި މިއަދު ފުރަތަމަ ޖެއްސީ އެމިރޭޓްސްގެ ބޮއެންގ 777 މަރުކާގެ ބޯޓެކެވެ.

އާ ރަންވޭއަކީ ކޯޑްއެފް ފެންވަރަށް ތައްޔާރުކޮށްފައިވާ, އަދި ދުނިޔޭގައި މިހާރު ބޭނުންކުރާ އެންމެ ބޮޑެތި ކޮމާޝަލް ފްލައިޓް އޭ 380 މަރުކާގެ ބޯޓު ޖެއްސޭ ފެންވަރުގެ ރަންވޭއެކެވެ. ރަންވޭގެ މަސައްކަތް އެއްކޮށް ނިންމާ ޓެސްޓް ފުލައިޓް ޖެއްސީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުގައެވެ. އެދުވަހު ރަންވޭއަށް ޖެއްސީ އެމިރޭޓްސްގެ އެއާބަސް އޭ 380 މަރުކާގެ ބޯޓެކެެވެ.

އެއީ ރާއްޖޭގެ ތާރީހުގައިވެސް އޭ 380ގެ ބޯޓެއް ރާއްޖޭގައި ޖެއްސި ފުރަތަމަ ފަހަރެވެ. ވީއައިއޭގެ ކޯޑްއެފް ރަންވޭ އަކީ އެއާޕޯޓް ތަރައްގީ ކުރުމަށް ރައީސް އަބްދުالله ޔާމީންގެ ސަރުކާރުން ފެއްޓެވި މަސައްކަތުގައި ހިމެނޭ މުހިއްމު އެއް މަޝްރޫއެވެ.

ހިޔާލު


ގުޅުންހުރި