ރާއްޖެރައްޔިތުންގެ މަޖިލިސް
ޑިމޮކްރަސީ ދުވަހާ ގުޅުވައިގެން މަޖިލީހުން ބައްވާ ކުރެހުމުގެ މައުރަޒު އާންމުންނަށް ހުޅުވާލައިފި
06/10/2022
ޒައިން ރަޝީދު
ޝެއަރ
ބައިނަލްއަގްވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބާއްވާ ކުރެހުމުގެ މައުރަޒު އާންމުކޮށް ހުޅުވާލައިފިއެވެ.
މިއަދު ހެނދުނު މި މައުރަޒު ހުޅުއްވައި ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދެވެ.
މަޖިލީހުގެ އިދާރާގައި ބާއްވާ ކުރެހުމުގެ މައުރަޒުގައި ބައިވެރިކޮށްފައިވަނީ ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރުމުގެ ގޮތުން މަޖިލީހުން ބޭއްވި ކުރެހުމުގެ މުބާރާތައް ބައިވެރިން ފޮނުވާފައިވާ ކުރެހުންތަކެވެ.
މައުރަޒު އާންމުކޮށް ހުޅުވިފައި ހުންނާނީ މިއަދު ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށެވެ. އަދި އަންނަ ހޮނިހިރު ދުވަހުން ފެށިގެން މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެވެސް މެންދުރު ފަހު 2:30 އިން އިރުއޮއްސި 6:00 އާ ހަމައަށެވެ.
މިއަދު ވަނީ ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބޭއްވި މަޒުމޫނު ލިޔުމުގެ މުބާރާތާއި ކުރެހުމުގެ މުބާރާތުގެ ނަތީޖާވެސް ފާޅުކޮށްފައެވެ.
1 ވަނަ: އާމިނަތު އީމާން މުޙައްމަދު ސާލިމް / ހުސްނޫވިލާ / ބ. ދޮންފަނު
2 ވަނަ: ފާޠިމަތު ސާރާ ނަޛީރު / ގުލްޗަބޭލީގެ / ސ. ހިތަދޫ
3 ވަނަ: ޢާއިޝަތު އަޙުމަދު ނަޢީމް / ސަރަންދީބުގެ / ސ. ހިތަދޫ
1 ވަނަ : ނާހީ މުޙައްމަދު ޝިޔާމް / ނަލަ / ބ. ތުޅާދޫ
2 ވަނަ: ޒައިކް ޢަބްދުﷲ ނާޒިލް / ތަޑިރަތްމާގެ / ބ. ތުޅާދޫ
3 ވަނަ: ރަތަމް ނާޝިދު ރަޝީދު / ރަތްވިލާގެ / ސ.ހިތަދޫ
1 ވަނަ: ފާޠިމަތު އަސްފާ / ޕްލާޒާ / ރ. އަލިފުށި
2 ވަނަ : ރާމީ އަޙްމަދު / އަންބަރީގެ / ށ. ކޮމަންޑޫ
3 ވަނަ : އާމިނަތު ޒާހިރާ / ސަމަރުބުލޫ / ރ. މީދޫ
35 އަހަރުން މަތީގެ އުމުރުފުރާގައި މަޒުމޫނު ހުށަހަޅާފައި ވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެނާ އަށް ވަނީ ހަނދާނީ ލިޔުމެއް ދީފައެވެ. ހަނދާނީ ލިޔުން ލިބުނީ ޢަލީ މުނީޒު / މަގުސީދާގެ / ހދ. ނޮޅިވަރަމް އަށެވެ.
މަޒުމޫނު ލިޔުމުގެ މުޅި މުބާރާތުން:
1 ވަނަ: ފާޠިމަތު އަސްފާ / ޕްލާޒާ / ރ. އަލިފުށި
2 ވަނަ : އާމިނަތު އީމާން މުޙައްމަދު ސާލިމް / ހުސްނޫވިލާ / ބ. ދޮންފަނު
3 ވަނަ : ރާމީ އަޙްމަދު / އަންބަރީގެ / ށ. ކޮމަންޑޫ
1 ވަނަ : އިބާ އާމިރު ޢަބްދުﷲ / ހ.ހިޔާކަން / މާލެ
2 ވަނަ : މަރިޔަމް ހަމްނާ ޢަބްދުﷲ / މޫރިތި / ދ. މާއެނބޫދޫ
3 ވަނަ : މަލަކް ޢަލީ ޝާމިޒް / ކާނޭޝަންވިއު / ސ. ހިތަދޫ
1 ވަނަ : ޢާއިޝަތު އަރީކާ އަޙްމަދު / ގ.ލޭޑީމޫން / މާލެ
2 ވަނަ : އައިމިނަތު ފައިހާ ފަޟީލް / ހ.ރަންކަމަނަ / މާލެ
3 ވަނަ : ފާޠިމަތު މިޝްކާ ޙުސައިން ޒާހިރު / އެވަރެސްޓް /ސ. ހިތަދޫ
1 ވަނަ : ޢަލީ އާޒިމް / ޖަބްރޯލުގަސްދޮށުގެ / އއ. ތޮއްޑޫ
2 ވަނަ : މުޙައްމަދު އިސްރާފީލް ޢަލީ ޒާހިރު / އޯކިޑްމާގެ / ސ. ފޭދޫ
3 ވަނަ : ރާމީ އަޙްމަދު / އަންބަރީގެ / ށ. ކޮމަންޑޫ
35 އަހަރުން މަތީގެ އުމުރުފުރާގައި ކުރެހުން ހުށަހަޅާފައި ވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެނާ އަށް ވަނީ ހަނދާނީ ލިޔުމެއް ދީފައެވެ. ހަނދާނީ ލިޔުން ލިބުނީ އަޙްމަދު ޢާމިރު / އަނޯނާގެ / ރ. މީދޫ އަށެވެ.
1 ވަނަ: ޢަލީ އާޒިމް / ޖަބްރޯލުގަސްދޮށުގެ / އއ. ތޮއްޑޫ
2 ވަނަ : އިބާ ޢާމިރު ޢަބްދުﷲ / ހ.ހިޔާކަން / މާލެ
3 ވަނަ : ޢާއިޝަތު އަރީކާ އަޙްމަދު / ގ.ލޭޑީމޫން / މާލެ
ވަނަ ހޯދި ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދުއެވެ.
ހިޔާލު
ގުޅުންހުރި