ރާއްޖެސަރުކާރު

ބިދޭސީ މަސައްކަތް ތެރިންނަށް ހާއްސަ އެކޮމަޑޭޝަން ބްލޮކްތަކެއް އަޅަން ސޮއިކޮށްފި

06/10/2022

ޒައިން ރަޝީދު


ޝެއަރ

ބިދޭސީ މަސައްކަތް ތެރިންނަށް ހާއްސަ ކޮށްގެން އެކޮމަޑޭޝަން ބްލޮކްތަކެއް އަޅަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން, އެޗްޑީސީން ހޮންކޮންގްގެ ރޯޓައި އިންޖިނިއަރިން ޓެކްނޮލޮޖީ ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފިއެވެ.

އެޗްޑީސީން ތަރައްގީ ކުރާ މި އިމާރާތްތައް ފަރުމާކޮށްފައިވަނީ 9,000 މަަސައްކަތްތެރިން އެކޮމަޑޭޓް ކުރެވޭ ގޮތަށް 18 ބްލޮކް ހިމަނައިގެންނެވެ.

އެ ކޮމަޑޭޝަން ބްލޮކްތަކުގައި 4 އަދި 6 މީހުންގެ ޖާގައިގެ ކޮޓަރިތަކާއި ފަހާނާ ބަރިއަކާއި ނަމާދު ކޮޓަރިއަކާއި ފިހާރަ ހުންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ. އި މާރާތުގައި ބަދިގެއާއި ކާތަން ހަދާފައިވަނީ އިމާރާތުގެ އެކަމަށް ހާއްސަކޮށްފައިވާ ފަންގިފިލާގައެވެ.

މީގެ އިތުރުންވެސް އިމާރާތުގައި އޮފީސްތައްވެސް ވަނީ ހިމަނާފައެވެ. އެގޮތުން އެކަމަށް 5 ފަންގިފިލާ ވަނީ ހާއްސަކޮށްފައެވެ. އަދި ސެކިއުރިޓީ ރޫމްތަކާއި ކޮންފަރެންްސް ހޯލާއި މެޑިކަލް ރޫމްވެސް ހިމެނެއެވެ.

މި މަޝްރޫއަކީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށާއި އެމީހުންނަށް ވަޒީފާ ދޭ ކުންފުނިތަކަށް ޚަރަދުކުޑަކޮށް, ތަނަވަސް އަދި ރައްކާތެރި ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމުގެ މަގްސަދުގައި ކަމަށް އެޗްޑީން ބުނެއެވެ.

ހިޔާލު


ގުޅުންހުރި