ރާއްޖެސަރުކާރު

ޒަމާނީ ޑޭކެއާގެ ހިދުމަތާއެކު ހުޅުމާލޭގައި ޑޭކެއާ ސެންޓަރެއް އަޅަނީ

11/10/2022

ޒައިން ރަޝީދު


ޝެއަރ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން, އެޗްޑީސީން ހުޅުމާލޭގައި ޑެކެއާ ސެންޓަރެއް އަޅަން އެސޯސިއޭޓެޑް ބިޒްނަސް އެޖެންޓްސް މޯލްޑިވްސް, އޭބީއޭ އާއެކު އެއްބަސްވުމުގައި ސޮއިކޮށް މަސައްކަތް ހަވާލުކޮށްފިއެވެ.

މިއީ 3,000 އަކަފޫޓުގެ ޖާގައިގެ 6 ބުރީގެ އިމާރާތެކެވެ. ޑޭކެއާ ސެންޓަރުގައި ޒާމާނީ ޑޭކެއާގެ ހިދުމަތްތަކާއި އެކަމާއި ގުޅުން ހުރި ހިދުމަތްތައް ދިނުމަށް ވަނީ ނިންމާފައެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަ ކްލިނިކްތައްވެސް މި ސެންޓަރުގައި ގާއިމްކުރުމަށް ހަމަޖެހިފައިވާކަމަށް އެޗްޑީސީން ބުނެއެވެ.

މި މަޝްރޫއުގެ މަސައްކަތް އޭބީއޭ އާ ހަވާލުކޮށްފައިވާއިރު, އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވި މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފްއެވެ.

މި މަޝްރޫއުގެ ސަބަބުން ހުޅުމާލޭގެ ރައްޔިތުންނަށް ޒަމާނީ ފެންވަރުގެ ޑޭކެއާގެ ހިދުމަތް ލިބިގެންދާނެއެވެ.


މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވާ އެސޯސިއޭޓެޑް ބިޒްނަސް އެޖެންޓްސް މޯލްޑިވްސް, އޭބީއޭއަކީ އިންޝުއަރެންސްގެ ވިޔަފާރި ތަޖުރިބާކާރު ކުންފުންޏެކެވެ. މިއީ މި ކުންފުނީގެ ރިއަލްއެސްޓޭޓް ވިޔަފާރީގެ ފުރަތަމަ މަޝްރޫއެވެ.

ހުޅުމާލޭގައި ތަފާތު 4 ޕްރޮޖެކްޓެއްގެ މަސައްކަތް އެޗްޑީސީން ވަނީ ކުންފުނިތަކާ ހަވާލުކޮށްފައެވެ. މީގެ ތެރޭގައި ޕާކިން ބިލްޑިންއާއި އޮޓޯ ސެންޓަރާއި ބިދޭސީންނަށް ހާއްސަ އެކޮމަޑޭޝަން ބްލޮކްތަކެއްގެ އިތުރުން ޑޭކެއާ ސެންޓަރު ހިމެނެއެވެ.

މި މަޝްރޫއުތަކުގެ ސަބަބުން އިޖުތިމާއީ އެތައް މައްސަލަތަކަށް ހައްލު ލިބިގެން ދާނެކަމަށް އެޗްޑީސީން ގަބޫލުކުރެއެވެ.

ހިޔާލު


ގުޅުންހުރި