ރާއްޖެއިދިކޮޅު

މި ސަރުކާރު ދަމަހައްޓައިފިނަމަ ހަނިމާދޫން މީހުން ބާލާނެ، އެތަނަކީ އިންޑިއާ ތަނެއް: ރައީސް ޔާމީން

15/10/2022

ޒައިން ރަޝީދު


ޝެއަރ

މިހާރުގެ ސަރުކާރު ދަމަހައްޓައިފިނަމަ ހަނިމާދޫން, އެރަށުގެ ރައްޔިތުން ބާލާނެ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

މިރޭ އިހަވަންދޫގައި ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ހަނިމާދޫއަކީ އިންޑިއާގެ ތަނެއްކަމަށާއި މި ސަރުކާރު 2023 ގައި ދަމަހައްޓައިފިނަމަ އެރަށުން އެރަށުގެ ރައްޔިތުން ބާލާނެކަމާމެދު ޝައްކުނުކުރައްވާ ކަމަށެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ރަށްރަށަށް ބޭނުންވާ ކަންކަން އެބަހުރި ކަމަށާއި އެހެން ނަމަވެސް އެއަށްވުރެ މާ މުހިއްމު ކަމަކީ ރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި އޮންނާނެތޯ ކުރެވޭ ސުވާލު ކަމަށެވެ.

މިރޭގެ ޖަލްސާގައި ރައީސް ޔާމީން ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ވިދާޅުވެ، އެމަނިކުފާނުގެ ވެރިކަމެއް ފުރަތަމަ 10 ދުވަހުގައި މިހާރު 'ވާނުވާވާ' ޖަހާފައި ޖަލުގައި ތިބި އެންމެން ދޫކޮށްލާނެ ކަމަށް ވިދާޅުވެފައެވެ. އަދި ވެރިކަން ލިބިއްޖެނަމަ ހަގީގަތުގައި ވަގުންނަކީ ކޮބައިކަން ދައްކާދޭނެ ކަމަށް ވިދާޅުވިއެވެ.

ހިޔާލު


ގުޅުންހުރި