ރާއްޖެސަރުކާރު

ނައިބު ފެންވަރުގައި ސަލްމާން މިސްކިތުގެ އިމާމަކަށް ޢައްމާރު އިލްޔާސް

17/10/2022

ޒައިން ރަޝީދު


ޝެއަރ

ރާއްޖޭގެ އެންމެ ބޮޑު މިސްކިތް, ސަލްމާން ރަސްގެފާނު މިސްކިތުގެ އިމާމަކަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެންބަރު ޝައިޚް އިލްޔާސް ހުސައިންގެ ދަރިކަލުން ޢައްމާރު އިލްޔާސް އައްޔަނުކޮށްފިއެވެ.

ސަލްމާން މިސްކިތުގެ އިމާމަކަށް ޢައްމާރު އައްޔަނުކޮށްފައި ވަނީ މިނިސްޓަރުންގެ ނައިބު ފެންވަރުގައެވެ. ސަލްމާން މިސްކިތާއި އިސްލާމީ މަރުކަޒުގެ އިމާމްގެ މަގާމަކީ ނައިބު ފެންވަރުގެ ސިޔާސީ މަގާމްތަކެވެ. މި މަގާމަށް މަހަކު 35,000 ރުފިޔާގެ މުސާރައެއް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.

ޢައްމާރު އިލްޔާސް އަކީ މަދީނާ ޔުނިވަރސިޓީގެ ގްރެޖުއޭޓެކެވެ. ނަމަވެސް ސަރުކާރުގެ ހަރަަދު ކުޑަކުރުމަށް ސިޔާސީ މަގާމްތައް މަދުކުރުމަށް ސަރުކާރު ހިންގާ ޕާޓީގެ މެންބަރުންނާއި އިދިކޮޅުން ގޮވާލަމުންދާ ދަނޑިވަޅެއްގައި އަދާލަތު ޕާޓީގެ ބޭފުޅަކަށް އިތުރު ސިޔާސީ މަގާމެއް ހަމަޖެއްސުމުން ސަރުކާރަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

މިކަމާ ގުޅޭ ގޮތުން ރޭ ކެލާގައި ޕީޕީއެމްއިން ބޭއްވި ޖަލްސާގައި އިދިކޮޅު ލީޑަރު ރައީސް ޢަބްދުالله ޔާމީން ވެސް ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ. ޝައިހް އިލްޔާސް އަށް އަމާޒުކޮށް ރައީސް ޔާމީން ވިދާޅުވީ ތަޖުރިބާއެއް ނެތި ނައިބު ފެންވަރުގެ މަގާމް ދަރިއަށް ލިބުނީމާ އެއީ ކޮރަޕްޝަނަށް ނުވޭތޯ ސުވާލުކުރައްވާފައެވެ.

"ތި އަދާލަތުގެ ކޮންމެވެސް އިސްވެރިއެއް, ކޮންމެވެސް އިސް ޝޭހެއްގެ ދަރިފުޅަކަށް އެހެރީ 35,000 ރުފިޔާ މަހު މުސާރަ ދީފަ ކޮންމެވެސް ތަނެއްގައި ބަހައްޓާފަ. އެއީ ކޮން ގޮތަކުން ލިބުުނު އެއްޗެއް ތޯ. ކޮން ތަޖުރިބާއެއް އޮވެގެންތޯ އެކަން އެހެން އެވަނީ. އެއީ ހަމައެކަން ދަމަހައްޓަން ކުރާ ކަންކަން ދެއްތޯ. މީކީ ކޮރަޕްޝަނެއް ނޫން! މިއީ ހަމަ ޖާއިޒު ފައިސާ! އެކަމަކު މި މީހުން ބުނާ ގޮތަށް އުޅެގެން ނޫނީ ސުވަރުގެއަށްވެސް ނުދެވޭނެ ކަމަށް މި ބުނަނީ. އެކަމަކު މި މީހުން މިކަންކަން ކުރަންވީމަ ހަމަ މައްސަލައެއް ނެތް, މިކަންކަން ކުރަންވީ." ރައީސް ޔާމީން ވިދާޅުވިއެވެ.

މި ސަރުކާރުން ވަނީ ޝައިޙް އިލްޔާސް ހުސެއިން އަށްވެސް މެލޭޝިޔާގެ އެމްބަސީން ސިޔާސީ މަގާމެއް ހަމަޖައްސާފައެވެ. ވަޒީފާއަށް ނިކުންނަން ނުޖެހޭ ގޮތަށް އެ މަގާމް ހަމަޖެއްސީ އިލްޔާސްގެ ދަރިން މެލޭޝިޔާގައި ކިޔަވަން އުޅޭތީ, ފަސޭހަކަމާއެކު އެ ގައުމުގައި އުޅުމަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ހޯދުމަށް ކަމަށް އިލްޔާސް މީގެ ކުރިން ވިދާޅުވިއެެވެ.

ހިޔާލު


ނަސް15:03 2022/10/17

ދެން އޭނާ އެކަމަށް ޝަރުތު ހަމަވަންޏާ އަނެއް ހެން ނެތް ދޯ މައްސަލައެއް... ޔާމީނު ވެރިކަމުގައި ވެސް ހަމަ ޕާޓީ ކުދިންނަށް މަގާމު ބެހީ.. ގުދޯ ގުދޯ ނުގޮވާ...

ގުޅުންހުރި