ސިނަމާ އާއި ލައިފްސްޓައިލްލައިފްސްޓައިލް

އެވޯޑް ވިއްކި އިންޑިއާ ކުންފުނިން މިފަހަރު ދިނީ ވިމެން އައިކަން އެވޯޑް

18/10/2022

ޒައިން ރަޝީދު

ރޫލާ އިން ދެމުންދިޔަ އޭޝިޔާ އެވޯޑްސް ހޯދުމަށް އެދި ހުށަހެޅުމަށް ހަދާފައިވާ ޕޯސްޓަރެއް


ޝެއަރ

އޭޝިޔާ އެވޯޑްސްގެ ނަމުގައި ރާއްޖޭގެ ބައެއް ފަރާތްތަކަށް އެވޯޑްތައް ވިއްކިކަމަށް ބުނާ އިންޑިއާ ކުންފުނިން އަނެއްކާވެސް އާ ނަމެއްގައި އެވޯޑެއް ދޭން ފަށައިފިއެވެ. މި ފަހަރު އެކުންފުނިން އެވޯޑު ދިނީ އަންހެނުންނަށް ހާއްސަކޮށްގެން ވިމެން އައިކޮން އެވޯޑެވެ.

މީގެ ކުރިން ރޫލާ ކިޔާ ނަމެއްގެ ދަށުން އިންޑިއާ ކުންފުނިން އޭޝިޔާ އެވޯޑު ރާއްޖޭގެ ވަރަށް ގިނަ ބަޔަކަށް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. މި މަޅީގައިޖެހި ފޭކް އެވޯޑު ގަތް މީހުންގެ ތެރޭގައި ސިޔާސީ މީހުންނާއި ނެށުންތެރިންނާއި ރިޒޯޓް މުވައްޒަފުންވެސް ހިމެނެއެވެ. ބައެއް މީހުން ޖެހިޖެހިގެން 5 އަހަރު މި އެވޯޑު ގަނެފައިވެއެވެ. އަދި މިއަހަރު އެކަނިވެސް 50 ދިވެހިންނަށް މި އެވޯޑު އެކުންފުނިން ވަނީ ދީފައެވެ.

ފޭކް އެވޯޑުގެ ވާހަކަ މީޑިއާ އިން ގެނެސްދޭން ފެށުމުން އެ ކުންފުނިން ވަނީ އެވޯޑު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވަން ފަށާ, އެ ރަސްމިއްޔާތުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުކޮށްފައެވެ. ނަމަވެސް ރަސްމިއްޔާތު ބާއްވަނީ އިންޑިއާގެ ހޮޓަލެއްގެ ކޮންފަރެންސް ރޫމެއްގައެވެ. އަދި އެވޯޑު ހަވާލުކުރަނީވެސް އެ ކުންފުނިން ގޮސް ހުންނަ މީހެކެވެ.

އަދިވެސް އޮންލައިންގައި ރިޕޯޓުކޮށްފައިވާ ގޮތުން އެވޯޑު ގަތުމަށް ޖެހެނީ ފޯމެއްފުރާ ކުންފުނިން ބުނާ އަދަދަށް ފައިސާ ދެއްކުމަށްފަހު ފޮޓޯއެއް ފޮނުވާށެވެ. އަދި ކޮންމެ އެވޯޑަކަށް ދައްކަންޖެހެނީ 340 ޑޮލަރެވެ. މިއީ ރަސްމިއްޔާތުގައި ބައިވެރިވުމާއި ފޮޓޯ ސެޝަންވެސް ހިމަނައިގެންނެވެ. އަދި އެމީހަކު ބޭނުން ކެޓަގަރީއެއް ހަދާ އެކުންފުނިން އެވޯޑު ދީފައިވާ ކަމަށްވެއެވެ.

ނަމަވެސް އެވޯޑް ލިބުނު ބައެއް މީހުން ބުނީ އެއީ އެމީހުންނަށް ހައްގު އެވޯޑެއްކަމަށެވެ. އަދި ކޮންމެ އެވޯޑް ހަފްލާއަކީ ހިލޭ ދެވޭ ތަންތަން ނޫންކަމަށާއި ފައިސާ ދެއްކުމަކީ މައްސަލައެއް ނޫންކަމަށެވެ.

މިފަހަރު އެކުންފުނިން ދިނީ ވިމެން އައިކަން އެވޯޑެވެ. މި އެވޯޑް ދިނުމަށްވެސް އޭޝިޔާ އެވޯޑް ދިންގޮތަށް ހޮޓަލެއްގެ ކޮންފަރެންސް ރޫމްގައި ރަސްމިއްޔާތެއް ބޭއްވި އެވެ. ރަސްމިއްޔާތުގައި އެވޯޑު ހަވާލުކޮށް ދިނީ އެޝިޔާ އެވޯޑްސްވެސް ހަވާލުކުރި ރޫލާ ކުންފުނީގެ މީހުންނެވެ. އަދި މިކަން އެވޯޑް ލިބުނު ބައެއް ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.

މިފަހަރު ވިމެން އައިކަން އެވޯޑް ހާސިލްކުރި މީހުންގެ ތެރޭގައި ރާއްޖޭގެ ނެށުންތެރިންނާއި މުއައްސަސާތަކުގެ ވެރިންނާއި ސިޔާސީ ބައެއް މީހުން ހިމެނެއެވެ. މީގެ ތެރޭގައި މަޝްހޫރު ނެށުންތެރިޔާ ސުނީތާ އަލީ އާއި މީޑިއާ ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު މުނާ ހިމެނެއެވެ. މުނާއަށް ވަނީ ވިމެން އައިކަންގެ "އެކްސެލެންޓް ރިސާޗާ އޮފް ދަ އިޔާ"ގެ އެވޯޑާއި "ވިމެން ޕާސަނެލަޓީ އޮފް ދަ އިޔާ"ގެ އެވޯޑު ލިބިފައެވެ.

ހިޔާލު


މަލީހާ04:50 2022/10/22

ހޮޓަލުގެ ރޫމް ތައް ވެސް ވިއްކާލެވޭނެ ރަގަޅު ފެންވަރުގެ ހޮޓާތަކުގަ ތިކަހަލަ ރަސްމިއްޔާތް ތައް އޮންނާނީ

ވޮށުފިލާ05:22 2022/10/20

ސްކޫލަށް އަދި ޔުނިވަރސިޓީ އަށް ކިޔަވަން ނުދާ ކުދިން ޑިގްރީ ގަންނަ މައްސަލަޔާ ނުބެހި ތިބެބަލަ.

Award for sale 05:24 2022/10/19

ދުނިޔޭގައި ލެއްވިހައި އެވޯޑެއް ހޯދާތި.. ބެލެންޑިއޯ އެވޯޑް ވެސް ހޯދާތި އެންމެ މޮޅު އަންހިން ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް

އިންޱިޔާ ތީ އަބަދުވެސް ތިހެން ދިވެހިންްްްނަށް ދޯކާދީ، ދިވެހިން ފެލާގެން އުޅޭބަޔެއް. 02:31 2022/10/19

އިންޱިޔާ ތީ އަބަދުވެސް ތިހެން ދިވެހިންްްްނަށް ދޯކާދީ، ދިވެހިން ފެލާގެން އުޅޭބަޔެއް. ދެންވެސް އިންޑިއާއޭ ބުނެފިއްޔާ ވިސްނާތި.

ގުޅުންހުރި