ރާއްޖެސަރުކާރު

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު މި އަހަރު 10 ބޭފުޅަކަށް

20/10/2022

ޒައިން ރަޝީދު


ޝެއަރ

ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 10 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވައިފިއެވެ. މި އިނާމުތައް ދެއްވީ، މި އަހަރުގެ ޤައުމީ އިނާމު ދެއްވުމަށް ދަރުބާރުގޭގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ޝަރަފުގެ އައްޑަނައާއި، ޝަރަފުގެ ބެޖެވެ.

މިރޭ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި 10 ބޭފުޅުންނަކީ:

1. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން: އަލްފާޟިލް މުޙައްމަދު ޝާހިދު ޙަލީމް، މ. ޑައިމަންޑްވެލީ

2. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން: އަލްފާޟިލް ޙަސަން ޝާކިރު މުޙައްމަދު، ހ. ހުދުފިނިފެންމާގެ

3. ދިވެހި ސަގާފަތާއި އާދަކާދައިގެ ދާއިރާއިން: އަލްފާޟިލް ޢަބްދުﷲ، އާރުޒޫ، ގދ. ތިނަދޫ

4. ތަޢުލީމީ ދާއިރާއިން: ޑޮކްޓަރ އަޙްމަދު އަންވަރު، ހަސަންކާރިގެ، ސ. މީދޫ

5. ޞިއްޙީ ދާއިރާއިން: އަލްފާޟިލް އަޙްމަދު ނާޝިދު، ހ. ރަންރިބުދޫ

6. ތިމާވެށްޓާއި ހަކަތައިގެ ދާއިރާއިން: އަލްފާޟިލް މުޙައްމަދު ޒާހިރު، މއ. ކިނާރާހައުސް

7. އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން: އަލްފާޟިލާ ޒަރީނާ އަޙްމަދުދީދީ، ކުމުންޒާނިގެ، ސ. ފޭދު

8. އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން: އަލްފާޟިލް އަޙްމަދު ޢަލީމަނިކު، ގ. ވިޔަވަތި

9. ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން: އަލްފާޟިލް މުޙައްމަދު ޞާލިޙް، މ. ޝުއާޒް

10. މަސައްކަތްތެރިކަމުގެ ދާއިރާއިން: އަލްފާޟިލާ ޢާބިދާ އިސްމާޢީލް ޢަލީ، މ. ކަނޑޫކުރި

ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީއިންނެވެ.

ހިޔާލު


ގުޅުންހުރި