ރާއްޖެސަރުކާރު

ފޮރިން މިނިސްޓަރ ޝާހިދު ސާބިއާއަށް ވަޑައިގެންފި

04/11/2022

ޒައިން ރަޝީދު


ޝެއަރ

ޚާރިޖީ ވަޒީރު ޢަބްދުالله ޝާހިދު ސާބިއާއަށް ވަޑައިގެންފިއެވެ.

މެދުތެރޭ ޔޫރަޕްގެ ގައުމެއްކަމަށްވާ ސާބިއާއަށް ޝާހިދު ވަޑައިގަތީ ސާބިއާގެ ޑެޕިއުޓީ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރުގެ ދައުވަތަކަށް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. ޝާހިދު ސާބިއާއަށް ވަޑައިގަތީ މިދިޔަ މަހުގެ 28 އިން މިމަހުގެ 4 އަށް އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ގައެވެ.

ފޮރިން މިނިސްޓަރ ޝާހިދު ވެވަަޑައިގެންފައިވަނީ ރާއްޖޭގެ ޚާރިިޖީ ވަޒީރުންގެ ތެރެއިން އެންމެ ގިނަ ގައުމުތަކަށް ޒިޔާރަތްކުރެއްވި ވަޒީރަށެވެ. އެގޮތުން ޝާހިދު ވަނީ 1 އަހަރު އދގެ އާންމު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް އެމެރިކާގައިވެސް ދިރިއުޅުއްވާފައެވެ. އަދި އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނާއި ރާއްޖޭގެ ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން ޝާހިދު ވަނީ ޔޫރަޕާއި ލެޓިން އެމެރިކާ އަދި އެފްރިކާއާއި އޭޝިޔާގެ ގިނަ ގައުމުތަކަށް ޒިޔާރަތްކުރައްވާފައެވެ.

އދގެ އާންމު މަޖިލީހުގެ ދައުރު ހަމަވުމަށްފަހުވެސް ގިނަ ދުވަސް ޝާހިދު ހޭދަކުރެއްވީ ރާއްޖެއިން ބޭރުގައެވެ. އެގޮތުން އިންޑިއާއާއި ޖަޕާން އަދި މެދުއިރުމަތީގެ ގިނަ ގައުމުތަކަށް ޝާހިދުވަނީ ފާއިތުވި 2 މަސްތެރޭ ވަޑައިގެންފައެވެ. ރާއްޖެ ވަޑައިގަތީ ގައުމީ އިނާމްދިނުމަށް ބޭއްވި ހާއްސަ ޖަލްސާއަށެވެ. ޖަލްސާއަށްްފަހު ވަޑައިގަތީ އިނގިރޭސިވިލާތަށެވެ. އިނގިރޭސިވިލާތަށްފަހު މިހާރު ހުންނެވީ ސާބިއާގަވެ.

ހިޔާލު


ގުޅުންހުރި