ރާއްޖެސަރުކާރު

މިނިސްޓްރީގެ ފަރާތުން ހައްޖަށް ފޮނުވި 5 މީހުންނަށް މިލިއަނެއް ހަރަދުކުރި

07/11/2022

ޒައިން ރަޝީދު

ދިވެހި ހައްޖާޖީން - ފޮޓޯ: ހައްޖު ކޯޕަރޭޝަން


ޝެއަރ

މިއަހަރު ހައްޖުގެ އަޅުކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ފަރާތުން ފޮނުވި 5 މީހުންގެ ވަފްދަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ޚަރަދުވިކަން ހާމަވެއްޖެއެެވެ.

މާފަންނު މެދުދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ލިޔުމުން ކުރެއްވި ސުވާލަށް އިސްލާމިކް މިނިސްޓްރީން ދެއްވި ޖަވާބުގައި ބުނެފައިވަނީ މިނިސްޓްރީގެ ފަރާތުން މިއަހަރު 5 މީހުން ހިމެނޭ ވަފުދެއް ހައްޖުގައި ބައިވެރިކަމަށެވެ.

އަދި މި ފަސް މީހުންނަށް ޖުމުލަ 1,076,871.12 ރުފިޔާ ޚަރަދުވެފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ 5 މީހުންގެ ދެކޮޅު ޓިކެޓަށް 148,278.72 ރުފިޔާ އާއި ހުރުމާއި ކެއުމަށް 762,367.80 ރުފިޔާއާއި ޕޮކެޓް މަނީގެ ގޮތުގައި 12,027.60 ރުފިޔާގެ އިތުރުން އިންސިޑެންޝަލް ޚަރަދުގެ ގޮތުގައި 154,200.00 ރުފިޔާއެވެ.

މިނިސްޓްރީގެ ފަރާތުން 5 މީހުންގެ ވަފްދެއް ހައްޖަށް ދިޔަ ސަބަބެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ. މިއަހަރު ހައްޖަށް މީހުން ގެންދިޔައީ ހައްޖު ކޯޕަރޭޝަންގެ ފަރާތުންނެވެ. ހައްޖު ކޯޕަރޭޝަންގެ ފަރާތުން 417 މީހުންނަށް 69 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

މިއަހަރަކީ ރާއްޖެއިން ހައްޖަށް އެންމެ މަދުން މީހުން ދިޔަ ފަހަރެވެ. ކޮވިޑާއި ގުޅިގެން ސައުދީން އަޅާފައިވާ ފިޔަވަޅުތަކަށްފަހު ރާއްޖެއަށްވެސް ކޯޓާ ލިބުނީ ވަރަށް މަދުންނެވެ. މީގެ ކުރިން ރާއްޖެއަށް ހާއްސަކޮށް ދެމުން ދިޔަ ކޯޓާވެސް ފާއިތުވި 3 އަހަރު ނުލިބެއެވެ. މިއަހަރު ހައްޖަށް ދިޔައީ ޖުމުލަ 417 މީހުންނެވެ.

ހިޔާލު


ގުޅުންހުރި