ރާއްޖެސަރުކާރު

އަލީ ރަމީޒަކީ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އޮތް މީހެއް ނޫން: މިނިސްޓްރީ

15/11/2022

ޒައިން ރަޝީދު


ޝެއަރ

ޖަމިއްޔަތުއްސަލަފްގެ މާކެޓިންގ އޮފިސަރ އަދި ކުރީގެ ލަވަކިޔުންތެރިޔާ އަލީ ރަމީޒަކީ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އޮތް ފަރާތެއް ނޫންކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވެއްޖެއެވެ.

އަލީ ރަމީޒަކީ ދީނީ މައުލޫމާތު ފެތުރުމުގެ ހުއްދަ އޮތް, ޝޭހެއްކަމަށް ހީކޮށް ބައެއް ރަށްރަށުން އޭނާ ދީނީ ދަރުސްތަކަށް ގެންދާތީ, އޭނާގެ ހުއްދައާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީއަށް ހުށަހެޅި މައުލޫމާތު ހޯދާ ލިބިގަތުމުގެ ފޯމަށް ދެއްވި ޖަވާބުގައި އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ދިނުމުގައި އަމަލުކުރަނީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުުގެ ގަވާއިދަށެވެ. އަދި އަލީ ރަމީޒްއަކީ މިނިސްޓްރީން ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ދޫކޮށްފައިވާ ފަރާތެއް ނޫންކަމަށް އިސްލާމިކް މިނިސްޓްރީ ވިދާޅުވިއެވެ.

2011 ގައި އަމަލު ކުރަންފެށި ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގަވާއިދުގައިވާ ގޮތުން ހުއްދަނެތި ދީނީ ދަރުސް ދިނުމާއި ދީނީ މައުލޫމާތު ފެތުރުމަކީ މަނާކަމެކެވެ.

މިނިސްޓްރީން މިހެން ވިދާޅުވި އިރު, ޖަމިއްޔަތުލްސަލަފުން މާލެއާއި އަތޮޅުތަކުގައި ބާއްވާ ދަރުސްތަކާއި ހަރަކާތްތަކުގައި އެކި ހައިސިއްޔަތުން އަލީ ރަމީޒް ބައިވެރިވެއެވެ. އަދި ބައެއް ރަށްރަށުގައި އަލީ ރަމީޒުގެ ނަން ބޭނުންކޮށްގެންވެސް ބައެއް ހަރަކާތްތައް ޕްރޮމޯޓްކޮށް ބާއްވާފައިވެއެވެ.

މީގެ އިތުރުން އޭނާ ދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ދީނީ މައުލޫމާތު ފޯރުކޮށްދެެމުންނެވެ. އަލީ ރަމީޒަކީ ޖަމިއްޔަތުއްސަލަފުގެ މާކެޓިންގ އޮފިސަރުގެ އިތުރުން އެ ޖަމިއްޔާގައި ހިމެނޭ އިލްމުވެރިން އުފައްދާފައިވާ ދާރިސް ޓީވީގެ ސްޓޭޝަން މެނޭޖަރެވެ.

ހިޔާލު


ޢަލީ 14:35 2022/11/17

މުޖުތަމަޢެއްގެ ނުވަތަ ޤައުމެއްގެ ބޮޑުންނަށް ޖާހިލު ވެރިންނާއި، ނަމުގައި ދީނީ ތަޢުލީމު ޙާޞިލް ކޮށްގެން ތިބި ފޮތް އުފުލާ ހިމާރުންނަށް ބާރު ލިބުމުން ޙައްޤު މަގުގައި ޖިހާދު ކުރާ އަޅުންނަށް ވަރަށް ދުއްތުރާ ކުރާނެ..

ވަލީދު07:34 2022/11/17

ހެޔޮ ކޮންމެ ނަސޭހަތަކީ ދީނީ ނަސޭހަތެއް. މިކަން ކޮންމެ މީހަކު ވެސް ކުރުން އިސްލާމް ދީން ލާޒިމުކުރޭ. ހެޔޮ ކަންތަކަށް ގޮވައިލައި ނުބައިކަންކަން ނަހީކުރުމަކީ ﷲގެ އަމުރުފުޅެއް. އެކަން ކުރެވޭނެ. އެއީ ޤާނޫނަކުން މަނާކުރެވޭނެ ކަމެއް ނޫން. އިސްލާމީ ޝަރީޢަތުގެ އަސްލަކާ ޚިލާފަށް ހެދޭ ކޮންމެ ގާނޫނެއް ބާޠިލު ކަމަށް ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި އޮވޭ. އަދި މީހަކަށް ހެޔޮ ނަސޭހަތް ދޭ ކޮންމެ ދިނުމަކީ ދީނީ ތަގުރީރު ދިނުމެއް ނޫން.

ޙައްޤު04:52 2022/11/16

އެއްވެސް ރަށެއްގަ ޢަލީ ދީނީ ދަރުސް ދިންބާ؟ މި ލިޔުމުގައި އެކަން އޮޅުންފިލުވައިދިންނަމަ. ނޫސްވެރިކަން ކުރުމުގެ ހުއްދަ ދޭއިރު....

ފުނަދޫ މީހާ14:27 2022/11/15

ކޮންރަށެއްގަތޯ ޢަލީ ރަމީޒު ދަރުސް ދިނީ. ޕެރެޒެންޓަރ އެއްގެ ހައިސިއްޔަތުން ބައިވެރިވުމަކީ ދަރުސް ދިނުމެއް ނޫން. ވާނުވާ ބަލާލަބަ

މުޙައްމަދު14:06 2022/11/15

އޭބުރޯ، މަބުނީ އައްޔަ ގެންދަނީ ދީނީ ދަރުސް ދޭކަށް ނޫނޭ... ދީނީ ހޭލުން ތެރިކަމަކީ ހަމައެކަނި ދަރުސް ދީގެން ކުރާ ކަމެއް ނޫން ދޯ.... އަޅެ އަލީ ރަމީޒު ދިން ދަރުހެއްގެ ވީޑިޔޯ އެއް ނޫނީ ދިން ފަތުވާއެއް އަތުޖެހުނު މީހަކު މަށަށް ހަބަރު ކޮށްލަބަލަ...

އަހުމަދު 13:41 2022/11/15

އަހަންނަކީ ހުއްދަ އޮތް މީހެއް ނޫން. މަށަށް ހެޔޮ ނަސޭހަތެެއް ފޭސްބުކްގަ ޝެއަރ ކުރެވިދާނެ ތަ؟

އެދުރު13:40 2022/11/15

އަލީ ރަމީޒް ކޮންއިރަކުތަ ދީނީ ދަރުސް ދިނީ. އަދި އެއްވެސް ތާކު އަލީގެ ގެ ނަން ޖަހާ އިރު ސައިހް ޖަހާފަ ހުއްޓާ ނުދެކެން. މިއީ ދެން މީހަކަށް ދެން މީހަކައް އޮޅިފައި އޮންނަން ޖެހޭ ވަރުގެކަމައްތަ؟

ފަރިޔާޟު12:42 2022/11/15

އައްޔާ މަބުނާކަށް ވާހަކައެއް ނެތް. ދައުވަތުގެ މަސައްކަތް ހުއްޓާނުލާތި. ލާދީނީ ބައިގަނޑަށް ކެންނުކުރެވިގެން އެއުޅެނީ މިހާރު ކްރައުޑް ފެނިފަ

ނާޒިމާ12:41 2022/11/15

ސަލަފު ޖަމިއްޔާއިން ބާއްވާ އަލީ ރަމީޒާ އެކު، އެ އިވެންޓު ބާވާތީ މިހާރު ސަރުކާރަށް ހަޖަމު ނުވެގެން އެ އުޅެނީ. އެ އިވެންޓު އެއީ އޭނަ ލަވަކިޔުން ހުއްޓާލި ސަބަބު ކިޔައިދޭ އިވެންޓެއް. އެއީ ދަރުސެއް ނޫން. ތީ ދެން ފުކެއް ބޮޑުވަރު ހަސަދަ ވިޔަސް

Hassan11:58 2022/11/15

އަލީ ރަމީޒަކީ ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބެޗެލާސް އޮފް އިސްލާމިކް ސްޓަޑީޒް ޑިގްރީ ފުރިހަމަ ކޮށްފައި ހުރި މީހެއް. އަޅުގަނޑަށް އެނގިފައިވާގޮތުން އަލީ ދީނީ ފަތުވާ ނުދޭ. ނަމަވެސް ޕްރގްރާމް ހުށައަޅާ..

އައްޔަ11:45 2022/11/15

އޭނާއަކީ ދީން ކިޔަވައިގެންވެސް ހުރި މީހެއްނޫން. ފައްކާ ރޯނު އެދުރެއް.

ގުޅުންހުރި