ރާއްޖެސަރުކާރު

އިސްލާމިކް މިނިސްޓްރީއަށް އަނެއްކާވެސް ސިޔާސީ މަގާމެއް

20/11/2022

ޒައިން ރަޝީދު

އިސްލާމިކް މިނިސްޓްރީއަށް އައްޔަނުކުރި އަލީ މުފީދު


ޝެއަރ

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް އަލީ މުފީދު އައްޔަނު ކޮށްފިއެވެ.

އަލީ މުފީދުއަކީ އެމްޑީޕީން ބާއްވާ ސިޔާސީ ބައެއް ހަރަކާތްތަކުން ފެންނަ އެ ޕާޓީގެ މެންބަރެކެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ކެންޕެއިނުގައެވެ. މުފީދު ކެންޕެއިން ކުރީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލްގެ 'ހިންގާލަން' ނިކުތް ޓީމާއެކުގައެވެ.

ޗެއަރޕާސަންގެ އިންތިހާބުގެ ކުރިން މުފީދު ގެންދިޔައީ ރިޔާސީ އިންތިހާބުގައި ޑރ. އުގައިލުއަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ހިޔާލުފާޅު ކުރަމުންނެވެ. އެގޮތުން އޭނާ އޭރު ވިދާޅުވީ އުގެއިލް އިންތިހާބުގައި ވާދަކުރުމާއި ރާއްޖެއަށް ދިރިއުޅުން ބަދަލުކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އަލީ މުފީދުއަކީ އައްޑޫ ސިޓީ ހިތަދޫއަށް އުފަން އެރަށުގައި ދިރިއުޅޭ މީހެކެވެ. އޭނާ ގިނަ ދުވަހު މަސައްކަތް ކޮށްފައިވަނީ އިސްލާމް ޓީޗަރަކަށެވެ. އެގޮތުން ސ. އަތޮޅު ތަޢުލީމީ މަރުކަޒާއި ސަދަން ސެކަންޑަރީ ސްކޫލް އަދި މިހާރުގެ ޝަރަފުއްދީން ސްކޫލްގައި ގިނަ ދުވަސްވަންދެން އިސްލާމް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވެއެވެ.

އިސްލާމިކް މިނިސްޓްރީއަށް އިތުރު ސިޔާސީ ބޭފުޅަކު އައްޔަނު ކުރެއްވިއިރު, ދައުލަތުގެ ހަރަދު ކުޑަކުރުމަށް ސަރުކާރުން ވަނީ މުއައްސަސާތަކަށް އަންގާ ގިނަ މުއައްސަސާތަކުގެ ބަޖެޓުން ބޮޑު ބައެއް އުނިކޮށްފައެވެ. ނަމަވެސް ސަރުކާރުން ދަނީ ސިޔާސީ މަގާމްތަކަށް މީހުން އައްޔަނުކުރަމުންނެވެ.

ކުރީގެ ސަރުކާރުގައި ތިބި ސިޔާސީ މަގާމްތައް މަދުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވަޢުދެކެވެ. ނަމަވެސް މިހާތަނަށް އައިރު ކުރީގެ ސަރުކާރުގެ ސިޔާސީ މަގާމްތަކަށް ވުރެ ދެ ގުނަ އިތުރަށް މިސަރުކާރުގައި ސިޔާސީ މަގާމްތައް އުފައްދާފައިވެއެވެ.

ހިޔާލު


ޢައިޝާ05:52 2022/11/23

މަރުހަބާ. އަލިބޭބެ.

ގުޅުންހުރި