ކުޅިވަރުރާއްޖޭގެ ކުޅިވަރު

"މާލެ ޓީޓީ ހޯލް" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ހަވީރު ހުޅުވައިދެއްވައިފި

24/11/2022

ޒައިން ރަޝީދު


ޝެއަރ

ދިވެހިރާއްޖޭގައި މިހާތަނަށް ހަދާފައިވާ ޖާގައިގެ ގޮތުން އެންމެ ތަނަވަސް ޓީޓީ ހޯލް "މާލެ ޓީޓީ ހޯލް" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ހަވީރު ހުޅުވައިދެއްވައިފިއެވެ.

މާލެ ޓީޓީ ހޯލު ރަސްމީގޮތުން ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިއަދު ހުޅުވި ޖާގައިގެ ގޮތުން ތަނަވަސް ޓީޓީ ހޯލްގައި ބާރަ ޓީޓީމޭޒު ހިމެނެއެވެ. މި ސަރުކާރުން 2021 ވަނަ އަހަރު ވަނީ ޓީޓީ ހޯލެއް ހުޅުމާލޭގައި ހުޅުވާފައެވެ. އަދި މިއަހަރު ފުވައްމުލައް ސިޓީގައިވެސް ޓީޓީ ހޯލް އެއްވަނީ ހުޅުވާފައެވެ.

ސަރުކާރުގެ ފުދުންތެރިކަން ހުރި މިންވަރަކުން ރާއްޖޭގައި ކުޅިވަރު ތަރައްޤީކޮށް ވަޞީލަތްތައް އިތުރުކޮށް ރާއްޖޭގެ ކުޅުންތެރިންނަށް ކުޅިވަރުގެ ދާއިރާއިން ރާއްޖެއާ ރާއްޖެއިން ބޭރުން ފުރުޞަތުތައް އިތުރުކޮށްދިނުމަށް ސަރުކާރުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ހިޔާލު


ގުޅުންހުރި