ރާއްޖެސަރުކާރު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަންނަ މަހުގެ 28 ވަނަ ދުވަހު

18/12/2022

ޒައިން ރަޝީދު


ޝެއަރ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ, އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަންނަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ނިންމާ އިއުލާންކޮށްފިއެވެ.

އެމްޑީޕީން މިއަދު ވަނީ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ މެންބަރުންނަށް އެފުރުސަތު ހުޅުވާލާފައެވެ. ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ މެންބަރުން 500 މީހުންގެ ސޮޔާއެކު ފޯމު ހުށަހަޅަންޖެހެނީ މިމަހުގެ 24 ވަނަ ދުވަހުގެ ހަވީރު 4:00ގެ ކުރިންނެވެ.

ރިޔާސީ ޕްރައިމަރީ 2023 ޓައިމްލައިން

18 ޑިސެމްބަރ 2022– ރިޔާސީ ޕްރައިމަރީ އިއުލާން ކުރުން

18 ޑިސެމްބަރ 2022 – ރިޔާސީ ޕްރައިމަރީ ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލުން

24 ޑިސެމްބަރ 2022– ކެންޑިޑޭޓުން ވާދަ ކުރުމުގެ ފޯރމް ބަލައިގަތުމުގެ މުއްދަތު ހަމަވުން (16:00 އަށް)

26 ޑިސެމްބަރ 2022 – ކެންޑިޑޭޓުންގެ ފައިނަލް ލިސްޓު، ކެންޑިޑޭޓް ނަންބަރާ އެކު އިއުލާން ކުރުން

28 ޑިސެމްބަރ 2022 – ރިޔާސީ ޕްރައިމަރީ ވޯޓަރޒް ލިސްޓް އާންމު ކުރުމާއި، ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުން

31 ޑިސެމްބަރ 2022 – ވޯޓަރޒް ލިސްޓަށް ހުށަހަޅާ ޝަކުވާ ބަލައިގަތުމުގެ މުއްދަތު ހަމަވުން (16:00 އަށް)

03 ޖެނުއަރީ 2023 – ރިޔާސީ ޕްރައިމަރީ ފައިނަލް ވޯޓަރޒް ލިސްޓް އާންމު ކުރުން

10 ޖެނުއަރީ 2023- ކެންޑިޑޭޓް މަންދޫބުންނަށް ފުރުޞަތު ހުޅުވާލުން

15 ޖެނުއަރީ 2023– ކެންޑިޑޭޓް މަންދޫބުންނަށް ފުރުޞަތު ބަންދުވުން

28 ޖެނުއަރީ 2023– ރިޔާސީ ޕްރައިމަރީ ވޯޓްލާ ދުވަސް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން މިހާތަނަށް ހާމަކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދުއެވެ.

ހިޔާލު


ގުޅުންހުރި