ރާއްޖެސަރުކާރު

ރާއްޖޭގެ ބައެއް މީޑިއާތަކުގެ ފޭސްބުކް ޕޭޖުތައް ފޭސްބުކުން ބްލޮކް ކޮށްފި

18/12/2022

ޒައިން ރަޝީދު


ޝެއަރ

ރާއްޖޭގެ ބައެއް މީޑިއާތަކުގެ ފޭސްބުކް ޕޭޖްތައް ފޭސްބުކުން ބްލޮކް ކޮށްފިއެވެ.

ފާއިތުވި 5 ދުވަހުގެ ތެރޭގައި ރާއްޖޭގެ ދެ މީޑިއާއެއްގެ ޕޭޖްތައް އެއްކޮށް ބްލޮކުކޮށް, ބައެއް މީޑިއާތަކުގެ ޕޭޖުތައް ވަނީ ރެސްޓްރިކްޓް ކޮށްފައެވެ. ބްލޮކްކުރި މީޑިއާ ޕޭޖުތަކުގެ ތެރޭގައި ވަގުތު, އަދަދު އަދި ދެން ނިއުސް ފޭސްބުކް ޕޭޖް ހިމެނެއެވެ. މިހާރު މި މީޑިއާތަކުން ވަނީ އަލުން ޕޭޖުތައް ހަދާފައެވެ.

ބްލޮކް ކުރުމުގެ އިތުރުން ބައެއް މީޑިއާތަކުގެ ޕޭޖުތައް ވަނީ ރެސްޓްރިކްޓްވެސް ކޮށްފައެވެ. ރެސްޓްރިކްޓް ކުރި ޕޭޖުތަކުގެ ތެރޭގައި މިހާރު, ދައުރު, އަދި ދިޔަރެސް ހިމެނެއެވެ.

ޕޭޖް ރެސްޓްރިކްޓް ކުރުމުން ޕޭޖުގެ އެންގޭޖްމަންޓާއި ރީޗް ވަރަށް ބޮޑަށް ދަށްވެއެވެ. އަދި ޕޭޖަށް އަޕްލޯޑްކުރާ ކޮންޓެންޓް ފެންނާނީ ވަރަށް މަދު ބަޔަކަށެވެ.

އާންމު ގޮތެއްގައި ފޭސްބުކުން މިފަދަ ފިޔަވަޅުތައް އަޅަނީ ފޭސްބުކް ގައިޑްލައިނާ ހިލާފަށް ކޮންޓެންޓް ޕޯސްޓްކުރުމުންނެވެ. އަދި އެފަދަ ކޮންޓެންޓް ބްލޮކްކުރުމަށްފަހު އެނިންމުން އިސްތިއުނާފު ކުރުމުގެ ފުރުސަތުވެސް ދެއެވެ.

ބައެއް ނޫސްތަކުން ބުނީ އެންމެ ފަހުން ފޭސްބުކުން ޕޭޖްތައް ރެސްޓްރިކްޓްކޮށް, ބްލޮކުރިކަމަށް ބެލެވެނީ ފަލަސްތީނުގެ ހަމާސް ޖަމާއަތާ ގުޅޭ ޚަަބަރުތައް ޕޯސްޓްކުރުމުންނެވެ.

ހިޔާލު


ގުޅުންހުރި