ރާއްޖެސަރުކާރު

ޕާޓީ ދަފްތަރު ގަޑުބަޑުވެފައި އޮއްވާ ޕްރައިމަރީ ބޭއްވުން އިންސާފުވެރިއެއް ނޫން: ރައީސް ނަޝީދު

19/12/2022

ޒައިން ރަޝީދު


ޝެއަރ

ޕާޓީ ދަފްތަރު ގަޑުބަޑުވެފައި އޮއްވާ ޕްރައިމަރީ ބޭއްވުން އިންސާފުވެރިއެއް ނޫންކަމަށް އެމްޑީޕީގެ ރައީސް, ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލްއަށް މިއަދު ފޮނުއްވި ސިޓީފުޅެއްގައެވެ. ރައީސް ނަޝީދުގެ ސިޓީ ފުޅުގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އެމަނިކުފާނުގެ ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

އަދި އެމްޑީޕީ ގެ ވޯޓުލާ ދަފުތަރުން ސާޅީސްހާހާ ގާތަށް މެމްބަރުން، އެ މެމްބަރުންނަށް އެނގުމަކާނުލައި، ކުއްލިއަކަށް އުނިކުރުމުން ދަފުތަރު ގަޑުބަޑުވެފައިވާކަމަށް ވިދާޅުވެފައިވެއެވެ. ހަމައެއާއެކު އެކަން އެހެން އޮއްވައި ޕްރައިމެރީ ކުރިޔަށް ގެންދެވުމުން ޕްރައިމެރީއަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ވާނޭކަމަކަށް ގަބޫލުނުކުރައްވާކަމަށް ވިދާޅުވެފައިވެއެވެ.

"އެމްޑީޕީގެ ވޯޓުލާ ދަފުތަރުން ސާޅީސްހާހާ ގާތަށް މެމްބަރުން، އެ މެމްބަރުންނަށް އެނގުމަކާނުލައި، ކުއްލިއަކަށް އުނިކުރުމުން ދަފުތަރު ވަނީ ގަޑުބަޑުވެފައެވެ. އެކަން އެހެން އޮއްވައި ޕްރައިމެރީ ކުރިޔަށް ގެންދެވުމުން އެ ޕްރައިމެރީއަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ވާނޭކަމަކަށް އަޅުގަނޑު ޤަބޫލެއްނުކުރަމެވެ." ރައީސް ނަޝީދުގެ ސިޓީފުޅުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން އެމްޑީޕީއަށް ހިތުން ރުހުމުން ގުޅިފައިވާ މެމްބަރުންގެ ތެރެއިން % 40 މެމްބަރުންގެ ހައްގާއި ބައިވެރިވުން ގެއްލުވާލައިފިނަމަ ރިޔާސީ އިންތިޚާބުގައި ޕާޓީއަށް އިންތިހާއަށް ނޭދެވޭ އަސަރުކުރާނެކަމަށް ވިދާޅުވެފައިވެއެވެ. އަދި އެއީ އެމްޑީޕީގެ މަސްލަހަތު ހިފެހެއްޓޭނެކަމެއް ނޫންކަމަށް ރައީސް ނަޝީދުގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.

އެހެން ކަމުން އެމަނިކުފާނު އެދިވަޑައިގަތީ ރިޔާސީ ޕްރައިމެރީގައި ވޯޓުލާއިރު، އެމްޑީޕީގެ ވޯޓުލާ ދަފުތަރުގެ ގޮތުގައި މިހާތަނަށް ބަލަމުންއައި ދަފުތަރުގައި ހިމެނޭ މެމްބަރުންގެ ވޯޓުލުމުގެ ހައްގު ނުގެއްލޭނޭކަން ކަށަވަރުކޮށްދެއްވުމަށެވެ.

ހިޔާލު


ގުޅުންހުރި