ސިނަމާ އާއި ލައިފްސްޓައިލްލައިފްސްޓައިލް

ކައިޒީން އޭނާގެ ބައްޕަ ގޮވައިގެން ކޯޓަށް

22/12/2022

ޒައިން ރަޝީދު


ޝެއަރ

މަޝްހޫރު މޮޑެލް ފާތިމަތު ޒަޔާން އިބްރާހީމް (ކައިޒީން), ބޯޓެއްގެ މައްސަލާގައި އޭނާގެ ބައްޕައާ ދެކޮޅަށް ދައުވާކޮށްފިއެވެ.

ކައިޒީން އޭނާގެ ބައްޕާ ދެކޮޅަށް ދައުވާކުރީ ކައިޒީންގެ ފައިސާއިން އޭނާގެ ބައްޕަ ބޯޓެއް ގަތުމަށްފަހު ކައިޒީންގެ ހުއްދަނެތި ބޯޓު ބައްޕަގެ ނަމަށް ރަޖިސްޓްރީކޮށްފައިވާ ކަމަށް ބުނެއެވެ. ކައިޒީންގެ ދައުވާގައި އެދިފައިވަނީ ބައްޕަ ގަތް ބޯޓުގެ ރަޖިސްޓްރޭޝަން ކައިޒީންގެ ނަމަށް ބަދަލުކޮށް ދިނުމަށެވެ.

އަދި މި މައްސަލަ ނިމެންދެން ބޯޓުގެ މިލްކުވެރިކަމާއި ބޯޓާ ގުޅޭ ކަންކަން ހުއްޓުވުމުގެ ވަގުތީ އަމުރަކަށްވެސް ކައިޒީންގެ ފަރާތުން އެދިފައިވެއެވެ.

ކައިޒީން އެދިފައިވާ ގޮތަށް, ބޯޓު ކުއްޔަށް ދިނުމާއި ވިއްކުން އަދި ހިބަކޮށް ދިނުން ފަދަ އެއްވެސް ކަމެއް ނުކުރުމަށާއި ބޯޓުގެ މިލްކުވެރިކަންވެސް ބަދަލުކުރުމަށް ކައިޒީންގެ ބައްޕަ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ މައްޗަށް ސިވިލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި ކައިޒީންގެ ފައިސާއިން އޭނާގެ ބައްޕަ ގަނެފައިވަނީ 3.6 މިލިއަން ރުފިޔާގެ އަގު ބޮޑު ސަފާރީ ބޯޓެކެވެ.

ހިޔާލު


ގުޅުންހުރި