ރާއްޖެއިދިކޮޅު

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ މިރޭވެސް މާލޭގައި މުޒާހަރާ ކޮށްފި

27/12/2022

ޒައިން ރަޝީދު


ޝެއަރ

ރައީސް ޢަބްދުالله ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން މިރޭ ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ލީޑަރު މުޙައްމަދު ސަޢީދު ހައްޔަރުކޮށްފިއެވެ. އަދި ހައްޔަރުކުރުމަށްފަހު ގަޑިއިރުތަކެއް ފަހުން ސައީދު ވަނީ ދޫކޮށްލާފައެވެ.

މިރޭ މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން މުހައްމަދު ސައީދުގެ އިތުރުން 22އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވެއެވެ. އިދިކޮޅުން ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގައި މާލޭގެ އެކި ސަރަހައްދުތަކަށް އެއްވެ ރައީސް ޢަބްދުالله ޔާމީން މިނިވަންކުރުމަށް ދަނީ ގޮވާލަމުންނެވެ. އަދި ފުލުހުން ދަނީ މުޒާހަރާގައި ބައިވެރިވާ މީހުން ހައްޔަރުކުރަމުންނެވެ.

ޕީޕީއެމްއިން ބުނީ ފުލުހުން މުޒާހަރާގެ ބައިވެރިން ހައްޔަރުކުރަނީ ވަރަށް އަނިޔާވެރިކޮށް ކަމަށެވެ. އަދި މިރޭ އެކަނިވެސް 22 ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ޕީޕީއެމް އިން ބުނެއެވެ.

ހިޔާލު


ގުޅުންހުރި