ރާއްޖެސަރުކާރު

އާ އަހަރު ފާހަގަކުރުމަށް 79 ރަށެއްގައި ހަވާއަރުވައިފި

31/12/2022

ޒައިން ރަޝީދު


ޝެއަރ

އާ އަހަރު ފާހަގަކުރުމަށް ރާއްޖޭގެ 79 ރަށެއްގައި މިރޭ ހަވާއަރުވައިފިއެވެ.

ހަވާ އެރުވުމުގެ މަސައްކަތް ކުރާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކުންފުނި ސިފްކޯއިން ބުނީ ހަވާއެރުވީ މީހުން ދިރިއުޅޭ ފަސް ރަށަކާއި 74 ރިސޯޓުގައެވެ. މީގެ ތެރެއިން އެންމެ ގިނައިރު ހަވާއެރުވީ ކުޑަހުރާ ފޯސީޒަންސް ރިސޯޓްގައެވެ. އެ ރިސޯޓުގައި 10 މިނެޓަށް ހަވާއެރުވިއެވެ.

ހަވާއެރުވި މީހުން ދިރިއުޅޭ ރަށްރަށުގެ ތެރޭގައި މާލޭ ސަރަހައްދުން ހުޅުމާލޭ ހިމެނެއެވެ. ހުޅުމާލޭގައި ހަވާއެރުވީ އައު އަހަރުގެ ޝޯ ކުރިއަށްދިޔަ ހުޅުމާލޭ ސިންތެޓިކް ޓްރެކްގައެވެ.

ހިޔާލު


ގުޅުންހުރި