ވިޔަފާރި

ބީއެމްއެލްގެ ކާޑުތައް އެޕް ސްޓޯރުގައި ބޭނުން ނުުކުރެވޭ ގޮތް ހަދައިފި

07/01/2023

ޒައިން ރަޝީދު


ޝެއަރ

ބެންކް އޮފް މޯލްޑިވްސް, (ބީއެމްއެލް) ގެ ކާޑުތައް އެޕަލްގެ އެޕް ސްޓޯރުގައި ބޭނުން ނުކުރެވޭ ގޮތައް ހަދައިފިއެވެ.

ބީއެމްއެލްގެ ކާޑުތައް އެޕް ސްޓޯރުގައި ބޭނުން ނުކުރެވޭ ގޮތް ހަދާ ކާޑުތައް ބްލޮކް ކުރީ މިިދިޔަ މަހުން ފެށިގެންނެވެ. ކާޑުތައް ބޭނުން ކުރާ ފަރާތްތަކަށް ކުރިން އެންގުމަކާ ނުލާ ކާޑުތައް ބޭނުން ނުކުރެވޭ ގޮތް ހެދީ ކީއްވެގެން ކަމެއް ބޭންކުން ނުބުނެއެވެ.

ކާޑުތައް ބްލޮކް ކުރުމާ ގުޅިގެން, ކާޑުތައް އެޕް ސްޓޯރުގައި ބްލޮކްކުރީ ކީއްވެގެންތޯ ތަކުރާރުކޮށް ބޭންކް އޮފް މޯލްޑިވްސް އާ ސުވާލު ކުރުމުންވެސް ޖަވާބެއް ނުދިނެވެ.

ކާޑުތައް ބްލޮކްް ކުރުމާ ގުޅިގެން އެޕަލްގެ ހިދުމަތް ހޯދާ ފަރާތްތަކަށް ހިދުމަތްތަކަށް ފައިސާ ނުދެއްކި އެކަމުގެ ޝަކުވާ ދަނީ ކުރަމުންނެވެ. ސޯޝަލް މީޑިއާގައި ބައެއް މީހުން ދަނީ ބޭންކް އޮފް މޯލްޑިވްސް އަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ކާޑުތައް ބްލޮކު ކުރި މައްސަލާގައި ބޭންކުން ބައެއް ކަސްޓަމަރުންނަށް އެންގީ އެޕަލްއާ ވާހަކަ ދައްކައިގެން ފައިސާ ދެއްކޭނެ އެހެން ގޮތެއް ހޯދުމަށެވެ.

ބޭންކް އޮފް މޯލްޑިވްސް އިން މީގެ ކުރިންވެސް ވަނީ ވަރަށް ގިނަ އޮންލައިން ސައިޓުތަކާއި އޮންލައިން ވޮލެޓްތައް ބްލޮކް ކޮށްފައެވެ. އަދި ބޭންކުން ދޫކޮށްފައިވާ ކާޑުތަކުން ބޭނުން ކުރެވޭ އަދަދުވެސް ވަނީ ލިމިޓްކޮށްފައެވެ. ނަމަވެސް ކާޑުތަކަށް ނަގާ އަހަރީ ފީ ކުޑަ ކުރުމަށް ބޭންކުން ވަނީ ދެކޮޅު ހަދާފައެވެ.

މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ރުފިޔާ އެކައުންޓަށް ކުރިން ދޫކުރަމުން އައި ވިސާ ކްރެޑިޓް ކާޑު ދޫކުރުން ހުއްޓާލާ, ހަމައެކަނި ޑޮލަރު އެކައުޓަށް ކްރެޑިޓް ކާޑު ދޫކުރާގޮތަށް ހަދާފައެވެ. މީގެ ސަބަބުން އާންމުން ޑޮލަރު އެކައުންޓު ހަދާ ޑޮލަރު ހޯދުމަށް ވަނީ މަޖުބޫރުވެފައެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ހިދުމަތާ ދޭތެރޭ އިންތިހާއަށް އާންމުން ޝަކުވާ ކުރަމުންދާއިރު, މިހާތަނަށް ޝަކުވާތަކަށް އެއްވެސް ގޮތަކަށް ހައްލެއް ލިބިފައެއް ނުވެއެވެ.

ހިޔާލު


ގުޅުންހުރި