ވިޔަފާރި

ބޮޑެތި ޑިސްކައުންޓުތަކާއެކު އެސްޓީއޯ ރަމަޟާން ބާޒާރު ފަށައިފި

22/01/2023

ޒައިން ރަޝީދު


ޝެއަރ

ބޮޑެތި ޑިސްކައުންޓުތަކާއެކު އެސްޓީއޯ ރަމަޟާން ބާޒާރު ފަށައިފިއެވެ.

އެސްޓީއޯ ރަމަޒާން ބަޒާރު ސޭލްއަކީ ރަމަޟާން މަހަށް ބޭނުންވާ ގިނަ ސާމާނު އެއްތަނަކުން, އަގު ހެޔޮކޮށް ފަސޭހަކަމާއެކު ލިބޭނެހެން އެސްޓީއޯއިން ކޮންމެ އަހަރުކުރިއަށް ގެންދާ ސޭލްއެކެވެ. އެހެން އަހަރު ތަކެކޭވެސް އެއްގޮތަށް މި އަހަރުގެ އެސްޓީއޯ ރަމަޟާން ބަޒާރުން ގަންނަ ގިނަ ތަކެތި ބޮޑެތި ޑިސްކައުންޓުލިބެއެވެ. ރަމަޟާން ބާޒާރުގައި މިފަހަރުވެސް ބަދިގެއާއި ގޭއަށް ބޭނުންވާ ގިނަ ސާމާނު ލިބޭނެކަމަށް އެސްޓީއޯއިން ބުނެއެވެ.

އެހެން އަހަރު ތަކާއި ހިލާފަށް، މި އަހަރުގެ ރަމަޟާން ބާޒާރު ގައި އެސްޓީއޯއިން ބޭނުން ކުރަނީ ތިމާވެއްޓާއި ރައްޓެހި ޑިޖިޓަލް ކޫޕަނެކެވެ. 500 ރުފިޔާ އިން މަތީގެ ވިޔަފާރި ކުރައްވާ ކޮންމެ ބޭފުޅަކަށް ކޫޕަނެއް ލިބޭނެއެވެ. އެސްޓީއޯ ޕީޕަލްސް ޗޮއިސްއާއި އެސްޓީއޯ މަކިޓާ ޝޯރޫމް އަދި ނިޕޯން ޝޯރޫމުން ކުރާ ވިޔަފާރިތަކަށްވެސް ކޫޕަން ލިބޭނެއެވެ. އަދި މި ކޫޕަން މެދުވެރިކޮށް ލަކީޑްރޯގައި ބައިވެރިވެވޭ ގޮތަށް ހަމަޖައްސާފައިވާއިރު, ލަކީ ޑްރޯއިން ހޮވޭ ނަސީބުވެރި ފަރާތަކަށް ލިބޭ އިނާމަކީ 2 މީހަކަށް އުމްރާ ދަތުރެކެވެ.

މި ފަހަރު އެސްޓީއޯ ރަމަޟާން ބާޒާރު ކުރިޔަށްދާނީ 22 ޖަނަވަރީ އިން 29 އެޕްރީލްގެ ނިޔަލަށެވެ. މާލެއާއި އަތޮޅު ތެރޭގެ ރީޖަނަލް ފިރާހަތަކުންވެސް މި ޕްރޮމޯޝަން ކުރިއަށް ގެންދާނެއެެވެ. މީގެ އިތުރުން އެސްޓީއޯ މަކިޓާ ޝޯރޫމްއާއި ނިޕޯން ޝޯރޫމްގައި ރަމަޟާން ބާޒާރު ކުރިޔަށްދާނީ 1 ފެބްރުއަރީ އިން 29 އެޕްރީލް އަށެވެ.

ހިޔާލު


ގުޅުންހުރި