ރާއްޖެސަރުކާރު

އެމްޑީޕީ ރިޔާސީ ޕްރައިމަރީ ރައީސް ސާލިޙް ކާމިޔާބު ކުރައްވައިފި

28/01/2023

ޒައިން ރަޝީދު


ޝެއަރ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ, ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙް ކާމިޔާބު ކުރައްވައިފިއެވެ.

ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުން މިހާތަނަށް ރައީސް އިބްރާހީމް މުޙައްމަދު ސާލިޙު ވަނީ 61.1 އިންސައްތަ ވޯޓު ކާމިޔާބު ކުރައްވާފައެވެ. އެއީ 24,566 ވޯޓެވެ. އަދި ޕްރައިމަރީގައި ވާދަކުރެއްވި ރައީސް މުޙައްމަދު ނަޝީދަށް ލިބިވަޑައިގަތީ 38.9 އިންސައްތަ ވޯޓެވެ. އެއީ 15,641 ވޯޓެވެ.

ވޯޓުގެ ބޮޑުބައެއް ގުނާ ނިމިފައިވާއިރު, ރައީސް އިބްރާހީމް މުޙައްމަދު ސާލިޙު ޕްރައިމަރީ ކާމިޔާބު ކުރައްވާނެކަން ވަނީ ކަށަވަރު ވެފައެވެ. އަދި ބާކީ ހުރި ވޯޓުތައް ގުނާ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރުމަށް އެމްޑީޕީން ދަނީ މަސައްކަތް ކުރަމުންނެވެ.


ރިޔާސީ ޕްރައިމަރީގެ ކާމިޔާބަށްފަހު އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރައްވާނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙް އެވެ.

ހިޔާލު


ގުޅުންހުރި