ރާއްޖެސަރުކާރު

އެމްޑީޕީ ދޫކޮށްލުމުގެ ވިސްނުމެއް ނެތް، ފިކުރެއްގެ ދިރުން ގޮފިތައް ޕާޓީގައި ހެދޭނެ: ރައީސް ނަޝީދު

30/01/2023

ޒައިން ރަޝީދު


ޝެއަރ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ, (އެމްޑީޕީ) ދޫކޮށްލުމުގެ ވިސްނުމެއް ނެތް ކަމަށާއި ޕާޓީތެރޭގައި ފިކުރެއްގެ ދިރުމުގެ ނަމުގައި ގޮފިތައް ހައްދަވާނެކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކެންޕެއިން ޓީމްތަކާއެކު މިއަދު ބޭއްވެވި މެންދުރުގެ ފަރީއްކޮޅަކަށްފަހު ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ, އެމަނިކުފާނު ދަންނަ ހަމައެކަނި ސިޔާސީ ޕާޓީއަކީ އެމްޑީޕީކަމަށާއި އެމްޑީޕީއަކީ ރޫޅޭނެ ޕާޓީއެއްވެސް ނޫން ކަމަށާއި އަދި އެއީ ބަލިވާނެ ޕާޓީއެއް ނޫންކަމަށެވެ. އެމްޑީޕީ އަކީ ގަދަ ޕާޓީއެއް ކަަމަށާއި އެ ޕާޓީ ދުކޮށްދާން ގަސްތުކުރާ ޕާޓީއެއްވެސް ނޫން ކަމަށެވެ.

ރައީސް ނަޝިދު ވިދާޅުވީ ޕާޓީގެ ތެރޭގައި ފިކުރެއްގެ ދިރުމުގެ ނަމުގައި ގޮފި ހެދުން ނުހުއްޓުވޭނެކަމަށެވެ. އަދި އެ ގޮފިތަކަށް ސަރުކާރުގެ ވަޒީފާއަށް ބަރޯސާނުވާ އަމިއްލަ ފައިމައްޗަށް ތެދުވާން ބޭނުންވާ މީހުން ވެއްދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ސާލިޙްއާއެކު އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެއްވޭނެކަަމަށެވެ. އެހެންކަމުން ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ބޭފުޅަކާމެދު ފަހުން ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވިއެވެ.

މިއީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާއަށްފަހު ރަސްމީކޮށް, ރައީސް ނަޝީދު އެއްޗެއް ވިދާޅުވި ފުރަތަމަ ފަހަރެވެ. ރިޔާސީ ޕްރައިމާރީ 61 އިންސައްތައިން ރާއީސް ސާލިޙް ކާމިޔާބު ކުރެއްވި ނަމަވެސް, ރާއީސް ސާލިޙަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެއްވޭނެ ކަމަށް ރައީސް ނަޝީދު ދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

އަދި ރައީސް ނަޝީދުގެ ޓީމުން ތުހުމަތު ކުރާ ގޮތުގައި ރައީސް ސާލިހަށް ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެވުނީ ވަގު ހަދައިގެން, އިތުރަށް ވޯޓު އަޅައިގެންނެވެ. ނަމަވެސް އެކަން އެމްޑީޕީ ސެކްރެޓްރިއެޓުން ދޮގު ކުރެއެވެ.

ހިޔާލު


ގުޅުންހުރި