ރާއްޖެރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ މިއަދުރަށް ހުށަހަޅަން ނިންމާފައިވަނީ 23 ބިލު

07/02/2023

ޒައިން ރަޝީދު


ޝެއަރ

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފަށާފައިވާއިރު, މި ދައުރަށް ސަރުކާރުން 23 ބިލެއް ހުށަހަޅާނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވެއްޖެއެވެ.

އެޓަރނީ ޖެނެރަލްގެ އޮފީހުން ހާމަކުރި ގޮތުގައި މަޖިލީހުގެ މިދައުރަށް ހުށަހަޅަން ގަސްތުކުރާ ބިލު ތަކުގެ ތެރޭގައި, ޖުޑީޝިއަލް ސާރވިސް ކޮމިޝަން, ޖޭއެސްސީގެ ފޯމޭޝަން ބަދަލުކުުރުމުގެ އިސްލާހާއި މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަން އެއްކޮލުމުގެ ބިލުވެސް ހިމެނެއެވެ. އިއްޔެ އޭޖީ އޮފީހުން ވަނީ މިއަދުރަށް ހުށަހަޅަން ގަސްތުކުރާ ބިލުތަކުގެ ލިސްޓެއް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުއްވާފައެވެ. ނަމަވެސް ލިސްޓުގައި ހިމެނޭ 23 ބިލުގެ ތެރެއިން އެއްވެސް ބިލެއް އަދި މަޖިލީހަށް ހުށަހަޅާފައިނުވެއެވެ.

ސަރުކާރުން ހުށަހަޅަން ގަސްދުކުރާ ބިލުތަކުގެ ތެރޭގައި ރިޔާސީ އިންތިހާބުގެ ގާނޫނަށާއި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ދެ ބިލާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއްވެސް ހިމެނެއެވެ. ސަރުކާރުން ހުށަހަޅަން ގަސްދުކުރާ 23 ބިލުގެ ތެރޭގައި ހިމެނެނީ އަލަށް ހަދާ 6 ގާނޫނެކެވެ. އަދި ބާކީ 17 ބިލަކީ މިހާރު އަމަލުކުރަމުންދާ ގާނޫނުތަކަށް ގެންނަ އިސްލާހުތެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށުނީ އިއްޔެއެވެ. ފުރަތަމަ ޖަލްސާގައި އޮތީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބާޔާން އިއްވުމެވެ.

ހިޔާލު


ގުޅުންހުރި