ރާއްޖެރައްޔިތުންގެ މަޖިލިސް

މެންބަރުންނާއި މުވައްޒަފުންނަށް ހާއްސަކޮށްގެން މަޖިލީހުގައި ޖިމެއް ހުޅުވައިފި

08/02/2023

ޒައިން ރަޝީދު


ޝެއަރ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުނާއި މުވައްޒަފުންނަށް ހާއްސަކޮށްގެން މަޖިލީހުގެ އިދާރާގައި ޖިމެއް ހުޅުވައިފިއެވެ.

ޖިމް ހުޅުއްވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދުއެވެ. ޖިމް ގާއިމްކޮށްފައިވަނީ މަޖިލީހުގެ އިދާރާގެ 13 ބުރީގެ އިމާރާތުގެ 12 ވަނަ ފަންގިފިލާގައެވެ.

ޖިމް ހުޅުއްވައިދެއްވުމަށްފަހު މަޖިލީހުގެ ރައީސް ވަނީ ހުރިހާ ބޭފުޅުންވެސް ކަސްރަތު ކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާ, ހުރިހާ މުވައްޒަފުންނާއި މެންބަރުންވެސް ޖިމްގެ ބޭނުން ކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މަޖިލީހުގެ އިދާރާގައި ޖިމް ގާއިމްކުރުން


ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރ ޙަސަން ޒިޔާޢު ވިދާޅުވީ, ޖިމްގެ ހިދުމަތް ދިނުމަށް ނިންމާފައިވަނީ ނުރަސްމީ ގަޑިތަކުގައި ކަމަށާއި އެގޮތުން ފަތިހު 5:30 އިން 7:15 އަށް އަދި މެންދުރުފަހު 3:00 އިން ރޭގަނޑު 10:30 އަށް ޖިމް ހުޅުވިފައި ހުންނާނެކަމަށެވެ. މީގެ އިތުރުން އަންހެން ބޭފުޅުންނަށް ހާއްސަ ގަޑިތަކެއްވެސް ހަމަޖައްސާފައިވާނެކަމަށް ޒިޔާއު ވިދާޅުވިއެވެ.

މަޖިލީހުގެ އިދާރާގައި ޖިމެއް ހަދާފައިވަނީ ޕާކިސްތާނު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ހިލޭ އެހީގެ ދަށުންނެވެ. އެގޮތުން މި ޖިމް ހެދުމަށް ގާތްގަޑަކަށް 1.3 މިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން މައުލޫމާތުދެއެވެ.

ހިޔާލު


ގުޅުންހުރި