ރާއްޖެރައްޔިތުންގެ މަޖިލިސް

ޕްރެކްޓިސް ޕާލަމެންޓް ފޮރ ވިމެންގެ 4 ވަނަ ޕްރޮގްރާމް މިއަދު ފަށައިފި

12/02/2023

ޒައިން ރަޝީދު


ޝެއަރ

ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި ޔޫއެންޑީޕީ އަދި އޮސްޓްރޭލިއާ ސަރުކާރުގެ އެހީއާއެކު އަންހެނުންނަށް ހާއްސަކޮށްގެން ބާއްވާ 'ޕްރެކްޓިސް ޕާލަމަންޓް ފޮރ ވިމެން' ގެ 4 ވަނަ ޕްރޮގްރާމް މިއަދު ފަށައިފިއެވެ.

މިއީ އަންހެނުން ސިޔާސީ ދާއިރާއަށް ހޭލުންތެރިކޮށް، ކުރި މަގުގައި އަންހެނުން ސިޔާސީ މަގާމްތަކާއި ގައުމު ބިނާކުރުމުގެ މުހިއްމު ދާއިރާތަކަށް ޝައުގުވެރި ކުރުވުމަށް މަޖިލީހާއި ޔޫއެންޑީޕީ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެެކެވެ. މިއަދު ހެނދުނު ބޭއްވި ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ސެކްރެޓަރީ ޖެނެރަލް އަލްއުސްތާޛާ ފާތިމަތު ނިޔުޝާއެވެ. ރަސްމިއްޔާތުގައި މަޖިލީހުގެ އިސްވެރިންނާއި ޔޫއެންޑީޕީ މޯލްޑިވްސްގެ އިސްބޭފުޅުން ބައިވެރިވިއެވެ.

މިއަދުންގެ ފެށިގެން މިމަހުގެ 18 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ ޕްރެކްޓިސް ޕާލަމަންޓް ފޯރ ވިމެން ޕްރޮގްރާމުގައި 39 އަންހެނުން ބައިވެރިވެއެވެ. މި ޕްރޮގްރާމްގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ތަކުގެ އިތުރުން މުހިއްމު ދާއިރާތަކުން އަންހެން ބޭފުޅުންނަށް މައުލޫމާތު ދޭނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ނަމޫނާ މާދިރީއެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެެއެވެ.

މީގެ ކުރިންވެސް ރައްޔިތުންގެ މަޖިލީހުން ޒުވާނުންނަށާއި އަންހެނުންނަށް ހާއްސަކޮށްގެން މިފަދަ ޕްރޮގްރާމްތައް ހިންގާފައިވެއެެވެ. މިއީ މިގޮތުން ބާއްވާ 6 ވަނަ ޕްރޮގާމެވެ.

މިއަދު ފެށި މިޕްރޮގްރާމްގެ އިތުރުން އަންހެނުންނަށް ހާއްސަކޮށްގެން ބާއްވާ ދެވަނަ ޕްރޮގްރާމް މިމަހުގެ 18 ފެށޭނެއެވެ.

ހިޔާލު


ގުޅުންހުރި