ރާއްޖެރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ އަވަހާރަވެއްޖެ

22/02/2023

ޒައިން ރަޝީދު


ޝެއަރ

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ އަވަހާރަވެއްޖެެއެވެ.

އޭނާ އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް މިރޭގެ ވަގުތެއްގައި މެލޭޝިޔާގައެވެ. ރިޒާ އަވަހާރަވިކަން ރައްޔިތުންގެ މަޖިލީހުން ކަށަވަރުކޮށްދެއްވާފަައިވާއިރު, ރިޒާއަކީ އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ މަޖިލީސް މެންބަރެއްގެ އިތުރުން އެޕާޓީގެ ސެނެޓަރެކެވެ.

ރިޒާ އަވަހާރަވުމާ ގުޅިގެން ޕީޕީއެމް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އޮނަރަބަލް އިބްރާހީމް ރިޒާ އަކީ ޕާޓީ އުފެދުނީއްސުރެ އެޕާޓީއަށް ވަރަށް އަގުހުރި ހިދުމަތްތަކެއް އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް ކުރައްވަމުން ގެންދެވި ބޭފުޅެއްކަމަށެވެ.

އަދި ޑީއާރްޕީ އާއި ޕީޕީއެމް އުފެއްދުމުގައިވެސް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ހަމައެއާއެކު ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ވަރަށް ދިގު މުއްދަތަކަށް ހުންނަވައިގެން އަދި ޤާނޫނީ ވަކީލެއްގެ ގޮތުގައިވެސް ދިވެހި ދައުލަތަށްވެސް އަގު ނުކުރެވޭ ހިދުމަތްތަކެއް އިހުލާސްތެރިކަމާއެކު ކުރެއްވި ބޭފުޅެއްކަން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން ރިޒާ އަވަހާރަވުމަކީ އިދިކޮޅު ކޯލިޝަނަށާއި ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ލިބުނު ފޫނުބެއްދޭވަރުގެ ގެއްލުމެއްކަމަށް ޕީޕީއެމް އިން ބުނެއެވެ.

ރިޒާ އަވަހާރަވިއިރު އުމުރުފުޅަކީ 55 އަހަރު އެވެ.

ހިޔާލު


ގުޅުންހުރި