ރާއްޖެސަރުކާރު

މެންބަރު ފަލާހްއާ ބައްދަލުކުރިން, ނުފޫޒެއް ނުފޯރުވޭނެ: ޝަމީމް

26/02/2023

ޒައިން ރަޝީދު


ޝެއަރ

ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުނޅަގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހްއާ ބައްދަލުކުރިކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުސައިން ޝަމީމް ވިދާޅުވީ އޭނާ މެންބަރުންނާއި ނޫސްވެރިންނާއި ކުއްވެރިންނާއި އަދި އެހެނިހެން މީހުންނާވެސް ބައްދަލުކުރާ ކަމަށާއި އެގޮތުން މެންބަރު ފަލާހްއާވެސް ބައްދަލުކުރީ އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ. އަދި ބައްދަލުވުންތަކުގައި ދައްކާ ވާހަކަތައް ލިޔެ, ފެންނާނެހެން ހުންނާނެކަމަށެވެ.

ޝަމީމް ވިދާޅުވީ އޭނާއާ ބައްދަލުކުރިއަސް އެއްވެސް މައްސަލައަކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތެއް ނެތް ކަަމަށެވެ. އަދި އެކަން ކުރެވޭނީވެސް ޕީޖީގެ އޮފީހުގެ 3 ލެވެލްއެއްގެ މުވައްޒަފުންގެ ބައިވެރިވުން އޮވެގެން ކަމަށެވެ.

މެންބަރު ފަލާހް އަދި އޭނާގެ ދަރިފުޅު ތޮއިބާން


މެންބަރު ފަލާހް ޕީޖީ ޝަމީމްއާ ބައްދަލުކުރިއިރު, ފަަލާހްގެ ފިރިހެން ދަރިފުޅު ތޮއިބާން މަސްތުވާތަކެއްޗާއެކު ފުލުހުން ހައްޔަރު ކުރުމަށްފަހު, 3 ދުވަސް ފަހުން ކޯޓަށް ނުގެންގޮސް ވަނީ ދޫކޮށްލާފައެވެ. އޭނާ ދޫކޮށްލި މައްސަލާގައި އާންމުންގެ ފާޑުކިޔުން ސަރުކާރަށާއި ފުލުހުންނަށް އަމާޒުވެފައިވަނިކޮށް, ފަލާހް ޕީޖީ ޝަމީމްއާ ބައްދަލުކުރީ އެ މައްސަލައަށް ނުފޫޒުފޯރުވަން ކަމަށް ބުނެ, އެކަމުގެ ކަންބޮޑުވުން ވަނީ ބައެއް ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި ހަމަކުރަމުންނެވެ.

ތޮއިބާން ހައްޔަރުކުރީ ބަންގްލަދޭޝްގެ ފިރިހެނަކާއެކު ކޮޓަރިއެއްގެ ތެރޭގައި މަސްތުގެ ހާލަތުގައެވެ. އަދި މުއްދަތު ޖަހަން ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ 3 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. ނަމަވެސް 3 ދުވަސް ފަހުން ފުލުހުން ވަނީ އޭނާ އިތުރަށް ކޯޓަށް ނުގެންގޮސް ދޫކޮށްލާފައެވެ.

ހިޔާލު


ގުޅުންހުރި