ވިޔަފާރި
ހުސްނުވާނެކަމުގެ ޔަގީން ކަމާއެކު އެސްޓީއޯއިން ފިޔާ، ބިސް އަދި އަލުވި ވިއްކަން ފަށައިފި
01/03/2023
ޒައިން ރަޝީދު
ޝެއަރ
ހުސްނުވާނެކަމުގެ ޔަގީން ކަމާއެކު އެސްޓީއޯއިން ފިޔާ، ބިސް އަދި އަލުވި ވިއްކަން ފަށައިފި
ފިޔާ، އަލުވި، އަދި ބިސް ހުސްވުމެއްނެތި ލިބޭނެ އިންތިޒާމްވަނީ ގާއިމްކުރެވިފައި
- ރޯދަމަހު ހުސްވިޔަނުދީ ހިފެހެއްޓުމަށް، ޑިމާންޑް އަދި ސަޕްލައިއަށް ބަލައިގެން، ޖުމްލަ 6 ޝިޕްމެންޓްއެއް ގެނައުމަށް ވަނީ ރޭވިފައި
- މިގޮތުން ފުރަތަމަ ޝިޕްމެންޓް މިހާރު ގެނެވިއްޖެ (27 ފެބްރުއަރީ 2023 ގައި)
- 28 ފެބްރުއަރީ އިން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި ހޯލްސޭލް ސެންޓަރުން ދަނީ ވިއްކަމުން
- ހޯލްސޭލްކޮށް މުދާ ދޫކުރާނީ ތިން ސަރަހައްދަކުން؛ އެއީ އެސްޓީއޯ ހޯލްސޭލް ސެންޓަރުން، އެސްޓީއޯ އިންޑަސްޓްރިއަލް ވިލޭޖްއިން
- އެހެންނަމަވެސް އިންޑަސްޓްރިއަލް ވިލެޖުން ދޫކުރަން ފަށާނީ 5 މާރޗް 2023 އިން ފެށިގެން އަދި ހުޅުމާލޭގައި ހުޅުވާ ރޯދަ މާރޓްގެ ޚިދުމަތް ފެށިގެންދާނީ 20 މާރޗް 2023 އިން
- އަތޮޅުތެރޭގެ 11 ސަރަހަދެއްގައި ގާއިމްކުރެވިފައިވާ އެސްޓީއޯގެ 11 ފިހާރައަކަށް ފިޔާ ބިސް އަދި އަލުވި ފޮނުވޭނެ. އަދި އެ ތަކެތި ސަރަހައްދީ އެހެން ރަށްރަށަށް ފޯރުކޮށްދިނުމުގައި އެސްޓީއޯއިން އެހީތެރިވާނެ
ހިޔާލު
ގުޅުންހުރި